ޕީސީބީގެ ރައީސަކަށް ނިޒާރު ޢައްޔަނުކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، މ. ފައިޒާ، މުޙައްމަދު ނިޒާރު ޢައްޔަނު ކުރައްވައިފިއެވެ.
މިއީ، ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ މުޙައްމަދު ނިޒާރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރެއްވި ދެވަނަ ފަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ. ރައީސް ޔާމީނުގެ ދައުރުގައި ޕީސީބީގެ ރައީސަކަށް ޢައްޔަނުކުރެއްވި، ނިޒާރު 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެ ބޯޑުގެ ރައީސްގެ މަގާމުގަ ފުރުއްވާފައި ވެއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ އިސް މަޤާމުތަކުގައި، 14 އަހަރު ޚިދުމަތްކުރައްވާފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަނަސް އެމަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް