އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފޭދޫ ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފޭދޫ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ލައިބްރަރީއާ އިންވެގެން ހުރި އެސްކޫލުގެ ތަނެއްގައި ރޯވެ އެނދުމާއި ގުޅިގެން އެސްކޫލުގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު މިއަދު 08:20 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 08:56 ހާއިރުގައި ކަމުގައިވެސް އެެމްއެންޑީއެފުން ވިދާޅުވިއެވެ.
އަލިފާނުގެ މިހާދިސާ އާއި ގުޅިގެން ފޭދޫ ސްކޫލުގެ މުވައްޒަފަކަށްވެސް އަދި ދަރިވަރަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިހާދިސާ އާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، މި ހާދިސާގައި ފޭދޫ ސްކޫލްގެ ލައިބްރަރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ސްކޫލްގެ ކިޔެވުން މިހާރުވަނީ މެދުކަނޑާލާފައި ކަމަށާއި، އަދި އައްޑޫސިޓީ ކައުންސިލް އިދާރާ އާއި ފޭދޫ އަވަށު އޮފީހާއި ގުޅިގެން ސްކޫލް ސާފުކޮށް އަލުން ބޭނުން ކުރެވޭ ހާލަތަށް ގެނައުމުގެ މަސައްކަތް ކުރެވިފައިވާ ކަމުގައިވެސް އައްޑޫ ސިޓީކައުންސިލުންވެސް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް