ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

ހެންވޭރު ދަނޑުގައި ޖެހި ޓެންޓު ތެރޭގައި ވޯޓުލާން ނުތިބެވޭ ވަރަށް ހިރަފުސް ބޯވެފައި

ހެންވޭރު ދަނޑުގައި ޖެހި ޓެންޓު ތެރޭގައި ވޯޓުލާން ނުތިބެވޭ ވަރަށް ހިރަފުސް ބޯވެފައި

އެޓެންޓް ޖަހާފައި ހުރީ، ދަނޑުގެ ވިނަގަނޑުމައްޗާއި ބިންމަތީގައި، ސަތަރި، ނުވަތަ ކާޕެޓްފަދަ އެއްވެސް އެއްޗެއް ނާޅައި ކަމަށް ވުމުން، ޓެންޓުގެ އޭސީތައް ޖެއްސުމާއި އެކު އޭސީތަކަށް ދަމާވަޔާއެކު، ތަނުގެ ތެރޭގައި ވަނީ މުޅިން ހިރަފުސް ބޯވެފައެވެ. އެހެންވެ އެޓެންޓުގެ އެކި ދިމަދިމާއިން މިހާރު ހުރީ ހުޅުވާފައެވެ.

އިތުރަށް ކިޔާ
ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑަށް ބިންހެލުމެއް އުވެއްޖެ

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑަށް ބިންހެލުމެއް އުވެއްޖެ

މޯލްޑިވްސް މީޓިއޮރިލޮޖިކަލްް ސަރވިސްއިން ވިދާޅުވީ، މިބިން ހެލުން ރިކޯޑު ކުރެވިފައި ވަނީ، މިއަދުގެ 9:56 ހާއިރުގައި ކަމަށެވެ. މިޑް އިންޑިއަން ރިޖަށްއައި މި ބިންހެލުމުގެ މަރުކަޒު ހުރީ އައްޑޫ ސިޓީގެ ދެކުނުން 2553 ކިލޯ މީޓަރުގެ ދުރު މިނުގައި ކަމަށާއި، ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.3ގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ގުދަށް އޮވެ ފާހަގަޖަހައި، ގުދަށް އޮވެ ވޯޓު ކަރުދާސް ފޮއްޓަށް ލާންޖެހޭތީ އާއްމުން ޝަކުވާކޮށްފި

ގުދަށް އޮވެ ފާހަގަޖަހައި، ގުދަށް އޮވެ ވޯޓު ކަރުދާސް ފޮއްޓަށް ލާންޖެހޭތީ އާއްމުން ޝަކުވާކޮށްފި

އާއްމުކޮށް އިންތިޚާބުތަކުގައި ވޯޓިން ބޫތު ހަދާފައި ހުންނަނީ، ގުދުވެގެން އޮވެ ފާހަގަ ޖަހަން ޖެހޭ ގޮތަށް ނަމަވެސް، ސީދަލަށް ކޮޅަށް ހުރެ ފޮއްޓަށް ވޯޓު ލެވޭގޮތަށް، މީގެ ކުރިން ވޯޓުފޮށިތައް ބަހައްޓަމުން އައީ މޭޒެއްގެ މަތީގައެވެ. އެހެން ނަމަވެސް މިއަދު ކުރިޔަށްދާ އިންތިޚާބުގައި، ވޯޓުލާ ކޮންމެ މަރުކަޒެއްގައިވެސް ވަކި ތިން ފޮށި ހުންނައިރު، އެފޮށިތައް ބަހައްޓާފައި ހުރީ، ތަޅުން މަތީގައެވެ. އެހެންވެ ފޮށީގެ ލޭބަލް ކިޔާށާއި ވޯޓު ކަރުދާސް ލުމަށްޓަކައި މީހުން ޖެހެނީ ގުދުވާށެވެ.

އިތުރަށް ކިޔާ
އާއްމުންގެ ތެރެއިން މީހުން ނައިސްގެން 2 މަރުކަޒެއްގައި ވޯޓުލުން ނުފެށި 1 ގަޑިއިރުވި

އާއްމުންގެ ތެރެއިން މީހުން ނައިސްގެން 2 މަރުކަޒެއްގައި ވޯޓުލުން ނުފެށި 1 ގަޑިއިރުވި

އެކޮމިޝަނުން 9 ޖެހިފަހުން މީޑިއާ އާއި ޙިއްޞާކުރި މެސެޖުގައި ވިދާޅުވީ، އެހާތަނަށް، ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފެށިފައިކަމަށެވެ. އަދި ހުރިހާ ފޮށިތަކެއްގައި ވޯޓުލުން ފެށިއްޖެކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވީ 9:30 ވީ ފަހުންނެވެ.

އިތުރަށް ކިޔާ
މާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގެ 5 ފަޅުވެރިން ހޭނެތިފައި ތިއްބައި ފެނިއްޖެ

މާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގެ 5 ފަޅުވެރިން ހޭނެތިފައި ތިއްބައި ފެނިއްޖެ

ހަބަރު ހުސްވެފައިވަނިކޮށް ފެނިފައި ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށާއި އެ އެންމެންނަކީ ވެސް ފިރިހެނުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައިކަމަށެވެ.

އިތުރަށް ކިޔާ
ލޯކަލް ކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓުގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި ޚިޔާލު ހޯދުމުގެ ވޯޓުގެ ވޯޓުލުން ފަށައިފި

މި ދެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ، ހެނދުނު 8:00 އިން ހަވީރު 4:00އަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް، ޖުމުލަ 1592 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ. އަދި މި ދެއިންތިޚާބުގައި، ޖުމުލަ 294937 މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައި ވެއެވެ.

އިތުރަށް ކިޔާ
އިއްޔެ އީރާނުން އެމެރިކާގެ ހަނގުރާމަމަތީ 2 ބޯޓު ވައްޓާލި

އިއްޔެ އީރާނުން އެމެރިކާގެ ހަނގުރާމަމަތީ 2 ބޯޓު ވައްޓާލި

ހަނގުރާމަމަތީ ދެ ބޯޓު ވައްޓާލުމުގެ އިތުރުން، ވައްޓާލި ބޯޓުތަކުގެ ޕައިލެޓުން ހޯދައި ސަލާމަތް ކުރުމަށް ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކަށްވެސް އީރާނުން ހަމަލާދިނެވެ. އެހަމަލާގައި، އެ ހެލިކޮޕްޓަރު ނުވެއްޓި ސަލާމަތްވި ނަމަވެސް އެ ހެލިކޮޕްޓަރަށް ގެއްލުންތައް ލިބިފައިވާ ކަމުގައި ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާ
ދެ އަންހެންދަރިން ގެނބެނިކޮށް ސަލާމަތްކުރުމުގެ ތެރޭގައި ހާލު ދެރަވެ ނިޔާވި ޙަބީބުގެ ޖަނާޒާ ބާއްވައިފި

ދެ އަންހެންދަރިން ގެނބެނިކޮށް ސަލާމަތްކުރުމުގެ ތެރޭގައި ހާލު ދެރަވެ ނިޔާވި ޙަބީބުގެ ޖަނާޒާ ބާއްވައިފި

އުމުރުން 63 އަހަރުގެ ޙުސައިން ޙަބީބު ނިޔާވީ، ހުކުރު ދުވަހު މެންދުރުފަހު، ދަރިންނާއި އަންހެނުންނާއި އެކު، ވ. ފުލިދޫއަށް ޗުއްޓީއަށް ގޮސް މޫދަށް އެރި އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ. އެހާދިސާ ހިނގި އިރު އެސަރަހައްދުގައި ތިބީވެސް އެއާއިލާގެ މީހުން އެކަނިކަން އެނގިފައިވެއެވެ.

އިތުރަށް ކިޔާ
ދެ ދަރިންގެ ފުރާނަ ސަލާމަތްކޮށް ދިނުމަށްފަހު ހާލުދެރަވެ ނިޔާވި ބައްޕަގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާގައި

ދެ ދަރިންގެ ފުރާނަ ސަލާމަތްކޮށް ދިނުމަށްފަހު ހާލުދެރަވެ ނިޔާވި ބައްޕަގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާގައި

އެމީހުން މެންދުރުފަހު މޫދަށް އެރުނީ ރަށުގެ ތުނޑީގައި އޮންނަ އޮއިބާރު ސަރަހައްދަކަށް ކަން އެނގިފައިވާ ކަމަށާއި، މޫދަށް އެރި އުޅުމުގެ ތެރޭގައި ދެކުދިން އޮޔާ ފުންތަނަށް ދަމައިގަތުމުން ޙަބީބު މަސައްކަތް ކުރީ ދެދަރިން ގެނބުނަނުދީ ސަލާމަތް ކުރުމަށް ކަމުގައި އެނގިފައިވާ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެދަރިން ސަލާމަތްކޮށްދިން ބައްޕަ ހާލުދެރަވެ ނިޔާވެއްޖެ

ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެދަރިން ސަލާމަތްކޮށްދިން ބައްޕަ ހާލުދެރަވެ ނިޔާވެއްޖެ

މިހާދިސާގައި ބައްޕަ ވަނީ އެދެކުދިން ސަލާމަތްކޮށްދީފައެވެ. އެހެން ނަމަވެސް ކުދިން ސަލާމަތްކޮށްދިނުމަށްފަހު ބައްޕަގެ ހާލު ދެރަވެ. ފުލިދޫގައި ހުންނަ ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

އިތުރަށް ކިޔާ
ފާއިތުވެދިޔަ ހަތަރު ލޯކަލް ކައުންސިލް އިންތިހާބުގެ ގެ ނަންބަރުތައް: މިފަހަރު ނަތީޖާ ތަފާތުވާނެތަ؟

ފާއިތުވެދިޔަ ހަތަރު ލޯކަލް ކައުންސިލް އިންތިހާބުގެ ގެ ނަންބަރުތައް: މިފަހަރު ނަތީޖާ ތަފާތުވާނެތަ؟

ގާނޫނުއަސާސީގެ 298 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ ފުރަތަމަ އިންތިހާބު 2009 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެކުރިން ބާއްވަންޖެހޭނެއެވެ. ނަމަވެސް މި މުއްދަތު ފަހަނައަޅައިދިޔުމުން 13 އޮކްޓޯބަރު 2010ގައި އިންތިހާބު ބޭއްވުމަށް އަނެއްކާވެސް ކަނޑައެޅިއެވެ. ނަމަވެސް ލޯކްލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވި 19 މަސްދުވަހުގެ މުއްދަތަކަށް ފަސްވެގެން ދިޔައެވެ. މިއާއެކު، ރަށު އަދި އަތޮޅު ފެންވަރުގައި ރައްޔިތުންގެ ތަމްސީލުކުރުމަށް ދިވެހިރާއްޖޭގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވުނީ 5 ފެބްރުއަރީ 2011ގައެވެ. އަދި ދެވަނަ ބުރު ބޭއްވުނީ 12 މާރިޗް 2011ގައެވެ.  

އިތުރަށް ކިޔާ
ރ. އަލިފުށީ ގެއެއްގައި ރޯވެ ދިރިނޫޅެވޭ ވަރަށް އަނދައިގެން ހިނގައްޖެ

ރ. އަލިފުށީ ގެއެއްގައި ރޯވެ ދިރިނޫޅެވޭ ވަރަށް އަނދައިގެން ހިނގައްޖެ

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ، ރ. އަލިފުށީ އައިރިސް ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދުގެ މެންދުރުފަހު ކަމަށާއި، އެގެއަކީ އަލިފާނުގެ ހާދިސާ ހިނގި އިރުވެސް މީހުން ދިރިއުޅެމުން އަންނަ ގެއެއް ކަމަށެވެ. އަދި އެގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށާއި، ފުލުހުންގެ ފޮރެންސިކް ޓީމެއް ހާދިސާ ހިނގި ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިތުރަށް ކިޔާ
ބޮޑު ދަރަނި ދައްކައި ޚަލާސް ކުރެވުނީ ހަރުދަނާ ސިޔާސަތެއް އޮތުމުން - ސަރުކާރު

ބޮޑު ދަރަނި ދައްކައި ޚަލާސް ކުރެވުނީ ހަރުދަނާ ސިޔާސަތެއް އޮތުމުން - ސަރުކާރު

އެކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ސުކޫކަށް ދައްކަންޖެހޭ، 524.68 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ބޭނުންކޮށްފައި ވަނީ، ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑުގައި ހުރި،ފައިސާ އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ކަމަށެވެ.

އިތުރަށް ކިޔާ
ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށީ، އަމިއްލަ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ޤަވާއިދާ ޚިލާފަށް ބޭނުންކޮށްގެން

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށީ، އަމިއްލަ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ޤަވާއިދާ ޚިލާފަށް ބޭނުންކޮށްގެން

އަމިއްލަ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ބޭނުންކޮށްގެ މިސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން ތައްޔާރުވުމާއި އެކު، އެކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން އެކުންފުނިން ވަނީ، އެމްޓީސީސީއަށް ސިޓީވެސް ފޮނުވާފައެވެ. އެގޮތުން ވިޔަފާރި ނަމުގެ ޤަވާއިދުތަކުގައިވާގޮތުގެ މަތިން އެނަން އެމްޓީސީސީން ބޭނުން ކުރުމަށް އިއުތިރާޒް ކުރާ ކަމުގައިވެސް މާރިޗުމަހުގެ 28 ވަނަ ދުވަހު އެކުންފުނިން އެމްޓީސީސީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާ
އިންތިޚާބާއި ދިމާވާގޮތަށް ރޭ ފެށި ސަރުކާރު ޓެކްސީ ލައިންގެ ޚިދުމަތް މިހަފްތާއަށް ހިލޭކޮށްފި

އިންތިޚާބާއި ދިމާވާގޮތަށް ރޭ ފެށި ސަރުކާރު ޓެކްސީ ލައިންގެ ޚިދުމަތް މިހަފްތާއަށް ހިލޭކޮށްފި

އެމްޓީސީސީން މިއަދު ބުނެފައި ވަނީ، މިއަދުން ފެށިގެން އޭޕްރީލް މަހުގެ 9ވާ ބުރާސްފަތި ދުވަހާއި ހަމައަށް، މާލޭ ޓެކްސީ ޚިދުމަތުން ކުރާ ދަތުރުތަަކަށް ފީ ނުނަގާނެ ކަމަށެވެ. އޭގެ ބޭނުމަކީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުން ކަމުގައިވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާ
ދިހަ ބުރިއަށް ހަދާފައިވާ އަރަބިއްޔާ ފްލެޓް ޢިމާރާތުގެ ހުރިހާ ލިފްޓެއް ހަލާކުވެފައި

ދިހަ ބުރިއަށް ހަދާފައިވާ އަރަބިއްޔާ ފްލެޓް ޢިމާރާތުގެ ހުރިހާ ލިފްޓެއް ހަލާކުވެފައި

މާލޭ ސްކޮޔާ، ނުވަތަ ޢަރަބިއްޔާ ފްލެޓްއިމާރާތަކީ، 10 ބުރީގެ އިމާރާތެކެވެ. މި އިމާރާތުގައި، 90 އެޕާޓްމަންޓް ހުންނަ އިރު، އެތަނުގައި ހުންނަނީ 2 ލިފްޓެވެ. އެ އިމާރާތުަގައި ދިރިއުޅޭ އާއްމުން ބުނީ މިއަދު ހެނދުނުން ފެށިގެން 2 ލިފްޓްވެސް ހުރީ މައްސަލަ ޖެހިފައި ކަމަށެވެ. ހުކުރު ދުވަހަށް ވުމުން އެކަމުގެ ތަކުލީފް ފުލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑުކަން އެމީހުންވެސް ފާހަގަކުރިއެވެ.

އިތުރަށް ކިޔާ
ގއ އަތޮޅު ތަޢުލީމީ މަރުުކަޒުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ގއ އަތޮޅު ތަޢުލީމީ މަރުުކަޒުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

އަލިފާން ރޯވެފައި ވަނީ އެމަރުކަޒުގައި އަލަށް ޢިމާރާތްކޮށް ބޭނުން ކުރަމުން އަންނަ، ޕްރައިމަރީ ގްރޭޑްތަކުގެ މުދައްރިސުންގެ ސްޓާފް ރޫމުގައެވެ. އެތަނުގެ ރޯވި އަލިފާން ފެތުރި، ބީޓެކް ކުދިންނަށް ކިޔަވައިދޭ ކުލާސްރޫމުގައިވެސް ރޯވެ އަނދަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އިތުރަށް ކިޔާ
ތެލުގެ ދަތިކަން ބޮޑުވެ މެލޭޝިއާގައި ސަރުކާރު މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފި

ތެލުގެ ދަތިކަން ބޮޑުވެ މެލޭޝިއާގައި ސަރުކާރު މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިކަން އިޢުލާނު ކުރައްވާފައި ވަނީ މިއަދުއެވެ. މިގޮތުން މެލޭޝިއާގެ ސަރުކާރުގެ މިނިސްޓްރީތަކާއި، އިދާރާތަކާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ ހުރިހާ މުވައްޒަފުން، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޭގައި ތިބެ މަސައްކަތް ކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަން ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ.

އިތުރަށް ކިޔާ
ހައިވޭގެ އިރުމަތިން އޮތްބައި ހިއްކުމަށް ބަންޑްވޯލް ޖަހަން ފަށައިފި

ހައިވޭގެ އިރުމަތިން އޮތްބައި ހިއްކުމަށް ބަންޑްވޯލް ޖަހަން ފަށައިފި

މިގޮތުން ރަންވޭގެ ދެކުނު ލައިޓްތަކާއި ހިސާބުގައި ބަންޑުވޯލް ޖެހުމަށް، ދެ ހައިމާކު މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ރަންވޭގެ ދެކުނުކޮޅު ލައިޓްތައް ފެށޭ ހިސާބުން ފެށިގެން ހައިވޭގެ އިރުމަތިން އޮތްނަ ފުއްޓަރުމަތިން 2 ކިލޯ މީޓަރުގެ ސަރަހައްދެއް ރޭސް ޓްރަކް އެޅުމަށްޓަކައި ހިއްކުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއޭސީއެލުން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާ
ވެނެއް އެއްގަމަށް އަރައި ކަކުނި ފަހައި ދުވާމަންޒަރު ފެންނަ ވީޑިއޯއެއް

ވެނެއް އެއްގަމަށް އަރައި ކަކުނި ފަހައި ދުވާމަންޒަރު ފެންނަ ވީޑިއޯއެއް

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފަތުރުވެރިއަކު ވަނީ އެފަދަ މަންޒަރެއް ރެކޯޑްކޮށް ސޯޝަލް މީޑިއާއަށް ދޫކޯށްލާފައެވެ. އެ ވީޑިއޯގައި ފެންނަނީ، ރާއްޖޭގެ ރަށްރަށުގައި އާއްމުކޮށް ފަޅުތެރޭ އުޅޭ، ކިރުވެނުގެ ނަމުން ދިވެހިން ނަންކިޔައި އުޅޭ ބާވަތުގެ ބޮޑު ވެނެއް މޫދު ތެރޭގައި ކަކުނި ހިފަން އުޅޭ މަންޒަރެވެ. ވެނަށް އަތު ނުވާންވެގެން ކަކުނި ދުވެފައި އެއްގަމަށް އެރީމާ، ވެންވެސް ފަހަތުން އެއްގަމަށް އަރާ މަންޒަރު އެވީޑިއޯއިން ފެނެއެވެ.

އިތުރަށް ކިޔާ