މިސާލެއް ނެތްފަދަ އަޑެއްގެ ވެރިޔާ ޑޭވިޑް އެޓެންބޮރޯއަށް 100 އަހަރު ފުރިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިނގިރޭސި ބްރޮޑްކާސްޓަރު ސަރ ޑޭވިޑް އެޓެންބޮރޯއަށް 100 އަހަރު ފުރިއްޖެ --- ފޮޓޯ: ބީބީސީ
ތިމާވެށީގެ ދާއިރާއިންނާއި ގުދުރަތީ ދުނިޔޭގެ މައުލޫމާތު އާންމުންނަށް ގެނެސްދިނުމުގައި މިންނެތް މަސައްކަތްތަކެއް ކުރެއްވި އިނގިރޭސި ބްރޮޑްކާސްޓަރު ސަރ ޑޭވިޑް އެޓެންބޮރޯއަށް އިއްޔެ 100 އަހަރު ފުރިއްޖެއެވެ.
ސަރ ޑޭވިޑް އެޓެންބޮރޯގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "ދަ ލައިފް" ސީރީޒްއެވެ. މީގެ އިތުރުން "ޕްލެނެޓް އަރތް" އާއި "ބްލޫ ޕްލެނެޓް" ފަދަ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޑޮކިއުމެންޓްރީތަކަކީ އަގުނުކުރެވޭފަދަ އުފެއްދުންތަކެވެ. މި ސީރީސްތަކުގެ ޒަރިއްޔާއިން ކަނޑުތަކުގެ ދިރުމާއި، ޖަންގަލިތަކުގެ މައުލޫމާތާއި، މޫސުމީ ބަދަލުތަކުގެ ނުރައްކާ އާންމުންނަށް ވޭތުވެ ދިޔަ އަހަރުތަކުގައި ވަނީ ތިލަވެފައެވެ.
ވޭތުވެދިޔަ 70 އަހަރަށް ވުރެ ގިނަ ދުވަހު ފިލްމު އުފެއްދުމާއި މައުލޫމާތު ފެތުރުމުގެ ދާއިރާގައި އެޓެންބޮރޯ ކުރައްވާފައިވާ ބުރަ މަސައްކަތަކީ މުޅި އިންސާނިއްޔަތަށް ހުރި ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ޑޭވިޑް އެޓެންބޮރޯ ވާހަކަ ކިޔައިދިނުމުގައި ގެންގުޅޭ ހާއްސަ އަޑަކީ، ދުނިޔޭގެ ވާހަކަތަކާއި ގެނެސްދިނުމާއި، އެފަދަ ޑޮކިއުމެންޓްރީތަކާއި ގުޅިލާމެހިފައިވާ 'ބްލޫ ޕްރިންޓް' އެއް ކަމަށް އެތައް ބަޔަކު ފާހަގަކުރެއެވެ.
ސަރ ޑޭވިޑް އެޓެންބޮރޯގެ 100 ވަނަ އުފަންދުވަހު އޭނާ ކުރެއްވި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަމުގެ އުފާ ފާޅުކުރުމުގައި ގިނަ ބައެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ތިމާވެއްޓާއި ދުނިޔޭގެ ވާހަކަތައް ތިލަކޮށްދިނުމުގައި އޭނާ ކުރެއްވި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަމުގެ އުފާ ފާޅުކުރުމުގައި މަޝްހޫރު މީޑިއާތަކާއި ޝަހްސިއްޔަތުން ބައިވެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް