ބީއެމްއެލްއިން ރާއްޖޭން ބޭރުގައި ޤާއިމްކުރާ ފުރަތަަމަ ބުރާންޗް ސްރީލަންކާގައި ހުޅުވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ސްރޫީލަންކާގައި ދިރިއުޅޭ ދިވެހިންނާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެެރެއިން --- ފޮޓޯ: ރައީސް އޮފީސް
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖެއިން ބޭރުގައި ހުޅުވާ ފުރަތަމަ ބްރާންޗް ސްރީލަންކާގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނިކުފާނު މިހެން ވިދާޅުވީ، މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެޤައުމުގައި ދިރިއުޅޭ ދިވެހިންނާއިއެކު ރޭ ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްރީލަންކާގައި ބީއެމްއެލްގެ ބުރާންޗެއް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ކުރަމުން އަންނަ ކަމަށާއި، އެބުރާންޗު ސްރީލަންކާގައި ހުޅުވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ބޭންކުގެ ބުރާންޗު ހުޅުވޭނެ ދުވަހެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ވަރަށް ކައިރި މުސްތަޤުބަލެއްގައި އެކަން ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ، ރާއްޖެއިން ބޭރުގައި އެބޭންކުގެ ބުރާންޗްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި ސްރީލަންކާގައި ބީއެމްއެލްއިން ބޭންކިންގެ ޚިދުމަތް ދިނުމަށްޓަކައި، އެޤައުމުން ހޯދަންޖެހޭ ލައިސަންސް ހޯދުމަށްވެސް މިހާރު ހުށައަޅާފައިވާ ކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިދާޅުވެފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ސްރީލަންކާގައި ހުޅުވާ ބުރާންޗް ވެގެންދާނީ، ރާއްޖެއިން ބޭރުގައި އެ ބޭންކުން ޤާއިމްކުރާ ފުރަތަމަ ބުރާންޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް