ދައުރު ދެބައި ވިއިރު، މީޑިއާ ވިލެޖެއް ނުނިމުނު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މީޑިއާ ވިލެޖު ހެދުމަށް ނިމާފައިވާ ހޮޓެލް އިމާރާތް --- ފޮޓޯ: ޕީޕަލްސް ނިއުސް ޕޭޕަރ
މީޑިއާ ވިލެޖު ވަރަށް އަވަހަށް ހުޅުވި އެތަނުގެ ޚިދުމަތް ލިބެން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ޚިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެ ކަމަށެވެ.
މީޑިއާ ވިލެޖުގެ މަސައްކަތް ނިމި ދާދިއަވަށް އެތަން ހުޅުވޭނެ ކަމުގައި ރައީސް ވިދާޅުވި އިރު، ވެރިކަމަށް ހޮވިވަޑައިގެން ބޭއްވި ނޫސްވެރިންގެ ގުންޒަރުގައިވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީޑިއާ ވިލެޖު ހެދުމަށް ސަރުކާރުން ނިންމާފައި ވަނީ، އެސްޓީއޯއިން ހަދަންފަށައި ނުނިމި ހުރި 8 ބުރީގެ ހޮޓެލް އިމާރާތުގައެވެ. ހުޅުމާލޭގެ އެއިމާރާތުގެ މަސައްކަތް ނުނިމި 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އެތަނުގައި މީޑިއާ ވިލެޖެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރު ދެބައިވި އިރުވެސް އެ ވަޢުދުފުޅު ފުއްދިފައި ނުވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން މިއަންނަނީ ދެމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް