Post banner
ރާއްޖެ

ކުރިޔަށް އޮތް 5 ދުވަހު ވިއްސާރަވާނެ: މެޓް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރިޔަށް އޮތް 5 ދުވަހު ވިއްސާރަވާނެ: މެޓް

މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުން -- ފޮޓޯ: ރައްޔިތުންގެ ނޫސް

ކުރިޔަށް އޮތް ފަސްދުވަހު ރާއްޖޭގެ ދެކުނަށާއި މެދުރާއްޖެތެރެއަށް ވިއްސާރަވެ މޫސުމް ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރު ދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އެކޮޅިގަނޑުގެ ވައި ދެކުނުގެ އަތޮޅުތަކަށް މިހާރު ފޯރާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިރު އުތުރުގައި ލޯޕްރެޝަރ ޓްރަފްއެއް އުފެދި ބޯ ވިއްސާރަ ވިލާތައްވެސް ދަނީ އުފެދެމުން ކަމުގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވެއެވެ.

އަދި މިއީ ހުޅަނގު މޫސުމް ފެށުމުގެ ވިއްސާރައަށް ވުމުގެ ފުރުޞަތުވެސް ބޮޑު ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކުރިޔަށް އޮތް 5 ދުވަހު މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ޚާއްޞަގޮތެއްގައި ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް