ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް ފިލައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ ފިލާފައި ވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށެވެ.
އެެހެން ނަމަވެސް އެމީހާ މިހާރު ހޯދައި އަލުން ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ހައްޔަރު ކުރި އެމީހާއަކީ، ކޮން ކަހަލަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްކަމެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް