Post banner
ރާއްޖެ

އެންސްޕާގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންސްޕާގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަޤާމަށް، ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

އެމަޤާމަށް މިއަދު ހަމަޖައްސަވާފައި ވަނީ، އަލްފާޟިލާ އާމިނަތު ޝިރުނާއެވެ. އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވިކަން ސަރުކާރުން ހާމަކުރައްވާފައި ވަނީ މިއަދުއެވެ.

އެންސްޕާގެ ސީއީއޯގެ މަޤާމު ހުސްވީ އެމަޤާމުގައި ކުރިން ހުންނެވި ހީނާ ވަލީދު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޚިޔާލު ހޯދުމުގެ އާއްމު ވޯޓާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމީޔާބީއާއި ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން ކެބިނެޓް އެކުލަވާލެއްވި އިރު، ހެރިޓޭޖް މިނިސްޓަރުގެ މަޤާމަށް ހީނާ ވަލީދު ވަނީ ޢައްޔަނުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް