ރާއްޖެ
•
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިރޭގެ އިރު އޮއްސި 6:30 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ މި ވިއްސާރައަކީ ހުޅަނގު މޫސުމްގެ ވިއްސާރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް