ބައި އިލެކްޝަންގައި ވާދަކުރަން ހުށައެޅީ ބޮޑު ދެޕާޓީން އެކަނި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ---
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަނުގައި ވާދަކުރަން ހުށައަޅާފައި ވަނީ، ދެ ކެނޑިޑޭޓެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކެނޑިޑެންސީ ހުށައެޅުމަށް ދިން އިތުރު މުއްދަތުވެސް އިއްޔެ ހަމަވި އިރު، އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ހުށައަޅާފައި ވަނީ އެމްޑީޕީންނާއި، ވެރިކަންކުރާ ޕާޓީ ޕީއެންސީންނެވެ.
މިގޮތުން އެމްޑީޕީގެ ފަރާތުން އެގޮނޑިއަށް ވާދަކުރައްވަނީ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ)އެވެ. ދެން އެގޮނޑިއަށް ވާދަކުރެއްވުމަށް ކެނޑިޑެންސީ ހުށައަޅުއްވާފައި ވަނީ، ޕީއެންސީގެ ޕްރައިމަރީން ބަލިވި، އަހުމަދު ސައީދު (ސޮޑާ) އެވެ.
ޕްރައިމަރީގައި ބަލިވި ނަމަވެސް ޕީއެންސީގެ ޓިކެޓް އޭނާއަށް ލިބުނީ، އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޝިނާން ޓިކެޓް ދޫކޮށްލެއްވުމުންނެވެ. ޝިނާނަކީ ކުރިން އެގޮނޑި ފުރުއްވި ބޭފުޅާއެވެ. އެހެން ނަމަވެސް އޭނާއަށް އެގޮނޑި ގެއްލުނީ އޭނާގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލަ އާއި ގުޅިގެން، އޭނާގެ ގޮނޑިގެއްލިފައިވާ ކަމުގައި، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ޙުކުމް ކުރުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް