Post banner
ވިކުރާ

މޯލްޑިވިއަންގައި ބަނގުރާ ލިބޭ ގޮތަށް ހަދަން އުޅޭކަމަށް ފަތުރާވާހަކަ ދޮގުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޯލްޑިވިއަންގައި ބަނގުރާ ލިބޭ ގޮތަށް ހަދަން އުޅޭކަމަށް ފަތުރާވާހަކަ ދޮގުކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް --- ފޮޓޯ: މޯލްޑިވިއަން

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކުގައި، ފަސިންޖަރުންނަށް ބަނގުރާ ލިބޭ ގޮތަށް ހަމަޖައްސަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ ވާހަކަތައް މޯލްޑިވިއަނުން ދޮގުކޮށްފިއެވެ.

އެކަމާއި ގުޅޭ ގޮތުން ޤައުމީ އެއާލައިން މޯލްޑިވިއަންއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ސޯޝަލް މީޑިއާ އާއި އެނޫންވެސް މަންސަތަކުގައި މޯލްޑިވިއަން އިން ފަސިންޖަރުންނަށް އަލްކަހޯލް (ބަނގުރާ) ލިބޭ ގޮތަށް ހަމަޖައްސަން އުޅޭ ކަމަށް ފަތުރާ ޚަބަރަކީ، ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އަދި ޞައްޙަކަން ކަށަވަރު ނުކުރެވޭ އެފަދަ މައުލޫމާތު ޙިއްޞާ ނުކުރުމަށްވެސް މޯލްޑިވިއަންއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތައް ކުރަނީ އިންޑިޔާއަށާއި، ބަނގުލަދޭޝްގެ އިތުރުން، ޗައިނާގެ ބައެއް މަންޒިލްތަކަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް