ލަންކާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެވަޑައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.
ސްރީލަންކާ ދަތުރުފުޅުގެ އުސްއަލިތައް:
ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުން
6 ދާއިރާއަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާތަކުގައި ސޮއިކުރުން
ހަނދާނީ ގަހެއް އިންދެވުން
"މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ތަޤްރީރު ކުރެއްވުން.
މިފްކޯގެ އުފެއްދުންތައް ސްރީލަންކާގައި އިފްތިތާޙްކޮށްދެއްވުން
ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް