Post banner
ރާއްޖެ

ޗެއާޕަރސަންގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަންތައް ހާމަކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޗެއާޕަރސަންގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަންތައް ހާމަކޮށްފި

އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް ވާދަކުރައްވާ ބޭފުޅުން ---

އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި ވާދަކުރަން ހުށައަޅާފައިވާ ކެންޑިޑޭޓުންނާއި އެކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަމްބަރުތައް އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޗެއަރޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ހުޅުވާލި ފުރުޞަތުގައި 3 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ތެރޭގައި އެންމެ މަޤުބޫލު މީހުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅަކާއި، އާއްމު މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމަށް ހުށައެޅި ފަރާތްތަކާއި އެފަރާތްތަކުގެ ކެނޑިޑޭޓް ނަމްބަރުތައް:

ކެންޑިޑޭޓު ނަންބަރ: 1- މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ

ކެންޑިޑޭޓް ނަންބަރ 2- އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫ

ކެންޑިޑޭޓް ނަންބަރ 3- މީކާއީލު އަޙްމަދު ނަސީމް  ގ.ބަރޯސާ/މާލެ

އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، 12 ޖޫން 2026 ވާ ހުކުރު ދުވަހުގައި ކަމަށް އެމްޑީޕީން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް