މަގުމަތިން ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނާޒިމް ސައްތާރު )ކ(، އަދި ރައީސް ނަޝީދު )ވ( --
ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ނާޒިމް ޢަބްދުއްސައްތާރަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 2026 މެއި 08 ވަނަ ދުވަހުގެ ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ހަމަލާ އަމާޒުވި މީހަކީ ނާޒިމް ސައްތާރުކަމެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ނާޒިމަށް ތޫނު އެއްޗަކުން ހަމަލާ ދިނީ ގ. ކެނެރީގެ ކައިރިން ނީލޯފަރު މަގުންކަމުގައި އެނގިފައި ވެއެވެ. އެހެން ނަމަވެސް އެ ހަމަލާގެ ތަފްސީލްތަކެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް