Post banner
ރާއްޖެ

އިންޑިއާ ކަނޑާއި ބެހޭ މަޝްވަރާތަކަށް ރައީސް ނަޝީދު ދިއްލީއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޑިއާ ކަނޑާއި ބެހޭ މަޝްވަރާތަކަށް ރައީސް ނަޝީދު ދިއްލީއަށް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ---

އިންޑިއާ ކަނޑާއި ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ވެރިރަށް ދިއްލީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ފޯރަމަކީ، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން އިން ރާއްވައި އިންތިޒާމް ކުރާ، "އިންޑިޔަން އޯޝަން ޑައިލޮގް"ގެ 10 ވަނަ ބައްދަލުވުމެވެ. މިބައްދަލުވުން ކުރިޔަށް ދާނީ، ދިއްލީގައި މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށެވެ.

މިބައްދަލުވުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، "އިންޑިޔަން އޯޝަން ޑައިލޮގް"އަކީ ދިވެހިރާއްޖެއަށް އިންތިހާއަށް މުހިއްމު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

އިންޑިއާ ކަނޑު ހިއްސާކުރާ ގައުމުތައް ބައިވެރިވާ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ)ގެ މެމްބަރުކަން ދިވެހިރާއްޖެއަށް ދިނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީނު ބަލިވެވަޑައިގެންނެވުމަށްފަހު، ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި، ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުޙަލާ ހިނގަމުން ދިޔައިރު، ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގައެވެ.

މިޖަމިއްޔާގައި އިންޑިއާ ކަނޑު ޙިއްޞާކުރާ 21 ޤައުމަކުން ބައިވެރިވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް