Post banner
ރާއްޖެ

ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެ ހަށިގަނޑު ޤައުމަށް ފޮނުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ނިޔާވެ ހަށިގަނޑު ޤައުމަށް ފޮނުވައިފި

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާ ---

މިދިޔަ މަހުގެ 9 ވަނަ ދުވަހު، ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެ އޭނާގެ ހަށިގަނޑު ޤައުމަށް ފޮނުވައިފި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާގައި ފިހުނު، ބިދޭސީ މީހާ ނިޔާވެފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުގައި ކަމަށާއި، އެމީހާގެ ހަށިގަނޑުޤައުމަށް ފޮނުވާފައި ވަނީ، ޖެހިގެން އައި މެއިމަހުގެ 5 ވަނަ ދުވަހުގައި ކަމަށެވެ.

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވީ، ބަނގުލަދޭޝްއަށް ނިސްބަތްވާ އުުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ، އެންމެ ފުރަތަމަ އަލިފާން ރޯވި ދޯނީގައި މަސައްކަތް ކުރި މީހެކެވެ. އެހާދިސާ އާއި ގުޅޭ ގޮތުން އެރަށުގެ ބައެއް މީހުން ކިޔައިދީފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އޭނާ މަސައްކަތްކުރި ދޯނީގެ ޕެޓްރޯލް ޕަންޕް ސްޓާޓްސް ކުރި ވަގުތުގައެވެ.

އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރިނަމަވެސް އެކަމާއި ގުޅޭ ގޮތުން ފުލުހުން އެއްވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް