Post banner
ރާއްޖެ

ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙް މައްސަލަ ސްޕްރީމްކޯޓަށް ބެލޭނަކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙް މައްސަލަ ސްޕްރީމްކޯޓަށް ބެލޭނަކަމަށް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ --

ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙްގެ މައްސަލަ ސްޕްރީމްކޯޓަށް ބެލޭނެ ކަމުގައި އެކޯޓުން ކަނޑައަޅައިފިއެވެ.

އެމައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ވަކިކޮށްފިނަމަ، ގޮނޑި ގެއްލޭ ގޮތަށް، ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙަކީ ބާޠިލް އިސްލާޙެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، ޢަލީ ޙުސައިން ހުށައަޅުއްވާފައިވާ މައްސަލައެކެވެ. އެމައްސަލައިގައި ދެ ވަގުތީ އަމުރެއް ނެރެ ދިނުމަށްވެސް ޢަލީ ޙުސައިންގެ ފަރާތުން އެދިފައިއެވެ. އެހެން ނަމަވެސް މިއަދު ސްޕްރީމްކޯޓުގައި ކުރިޔަށްދާ އަޑު އެހުމުގައި ނިންމާފައި ވަނީ، އެ ދެ ވަގުތީ އަމުރުވެސް ނެރެދެންވެން ނެތްކަމަށެވެ.

މިމައްސަލައިގައި، މިއަދު އޮތީ ޙުކުމް ކުރުމެވެ. މިހާރު މިޝަރީއަތުގެ މަޖިލިސް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގައި ދަނީ ކުރިއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް