އީސީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު --
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޒާހިދު އިސްތިއުފާ ދެއްވިކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޞަލާޙް ރަޝީދު ވިދާޅުވީ، ކޮމިޝަންގެ ރައީސްގެ މަޤާމުން ޒާހިދު އިސްތިއުފާ ދެއްވިކަން މިއަދު އަންގަވާފައިވާ ކަމަށާއި، ސަބަބެއް ވިދާޅުވެފައި ނުވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ޒާހިދު އައްޔަން ކުރީ ޖެނުއަރީ، 2025، ގަ އެވެ.
ޒާހިދު މަޤާމުން އިސްތިއުފާ ދެއްވީ، ސަރުކާރުން ބޭނުންވާ ވަކިގޮތަކަށް ކަންކަން ކުރުމަށް ނުފޫޒު ފޯރުވަމުން އަންނާތީ ކަމުގައި ބައެއް ފަރާތްތަކުން ޚަބަރު ފެތުރި ނަމަވެސް އެކަމާއި ގުޅޭ ގޮތުން ޒާހިދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް