މޫސުމް އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ޔެލޯއެލާޓަށް ބަދަލުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓް ޔެލޯ އެލާޓަށް ބަދަލުކޮށްފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ޔެލޯ އެލާޓަށް ބަދަލުކޮށްފައި ވަނީ، ކ އަތޮޅުން ފެށިގެން، ލ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ.
ޔެލޯ އެލާޓްނެރެފައި ވަނީ، މިރޭގެ 0:00 އިން ފެށިގެން ފަތިހު 5:00 އާއި ދެމެދުގައެވެ.
މާލެ ސަރަހައްދަށް ވިދައި ވަރަށް ބާރަށް ގުގުރަމުންދާއިރު، 12 ޖެހުމާއި ގާތްވެފައި ވަނިކޮށް ޖެހި ހޮނުގުގުރިއެއްގައި، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓްވެސް ކެނޑުނެވެ. މީގެ އިތުރުން ގުގުރީގެ އަޑާއިއެކު މަގުމަތީގައި ހުންނަ ސައިކަލްތަކަށް ލޮޅުން އަރައި، ސައިކަލްތަކުންވެސް އެލާމްއަޅަމުންދާ މަންޒަރު ވަނީ ފެނިފައެވެ.
މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ވާއިރު، ޅ.އަތޮޅުންފެށިގެން އައްޑުއަތޮޅާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، މިރޭގެ ފަތިހު 5 ޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
މިވިއްސާރައިގައި ކޮޅިގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް