Post banner
ރާއްޖެ

ބައި އިލެކްޝަންގައި ވާދަ ނުކުރެއްވުމަށް ޝިނާން ނިންމަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބައި އިލެކްޝަންގައި ވާދަ ނުކުރެއްވުމަށް ޝިނާން ނިންމަވައިފި

މުހައްމަދު ސިނާން، އޭނާއާ އެކު ޕްރައިމަރީގައި ދެން ވާދަކުރެއްވި އަހުމަދު ސައީދުއާއިއެކު --- ފޮޓޯ: ޝިނާން

ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު ސިނާން އަލުން އެގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަ ނުކުރެއްވުމަށް ނިންމަފައި، އޭނާއަށް ޕީއެންސީން ދީފައިވާ ޓިކެޓް ދޫކޮށްލައްވައިފިއެވެ.

ޝިނާން ޓިކެޓް ދޫކޮށްލެއްވިކަން މިއަދު ވަނީ ރަސްމީކޮށް އޭނާގެ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ހާމަކުރައްވާފައެވެ.

ޝިނާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޕްރައިމަރީ ކާމިޔާބުކޮށް އޭނާއަށް ޕާޓީގެ ޓިކެޓް ލިބުނު ނަމަވެސް، އެޓިކެޓް ދޫކޮށްލެއްވުމަށް ނިންމެވީ، މިދިޔަ 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީކަމަށެވެ. މިގޮތައް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓު އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
އަދި އޭނާގެ އެ ނިންމުން ޕާޓީގެ ރައީސަށާއި ޕާޓީގެ ލީޑަރޝިޕަށް ހުށައަޅާފައިވާ ކަމުގައިވެސް ޝިނާން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް