Post banner
ރާއްޖެ

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވީ މޯލްޑިވިއަންގައި މަސައްކަތް ކުރާ އިންޑިއާ މީހެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވީ މޯލްޑިވިއަންގައި މަސައްކަތް ކުރާ އިންޑިއާ މީހެއް

ދޭވާ ރާޖަން ޔެސޫ ދާސަން (50އ) -- ފޮޓޯ: އައިއޭއެސް

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވީ، އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެއްކަމުގައި ފުލުުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރޭގެ ހާދިސާގައި ނިޔާވި މީހާއަކީ، ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލޭންޑް އޭވިއޭޝަންގެ މުވައްޒަފެއް ކަމުގައިވާ، ދޭވާ ރާޖަން ޔެސޫ ދާސަން އެވެ. އޭނާ ނިޔާވުމާއި ގުޅިގެން އައިލެންޑް އޭވިއޭޝަނުން ވަނީ އެކަމުގެ ހިތާމަފާޅުކޮށް ތައުޒިޔާ ފޮނުވާފައެވެ.

ރޭގެ ހާދިސާ ހިނގާފައި ވަނީ، ދޭވާ ރާޖަން ދުއްވި ސައިކަލު ކަހާލައި އޭނާ ވެއްޓުނު ވަގުތު ފަހަތުން އައި ލޮރީއެއް އޭނާގެ ގައިމަތިން ދިޔުމުގެ ސަބަބުންނެވެ.

ރޭ 22:12 ހާއިރުގައި ހިނގި މިއެކްސިޑެންޓްގައި އޭނާ ވަނީ ވަގުތުން މަރުވެފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް