Post banner
ރާއްޖެ

ރައީސް އޮފީހުގެ މީޑިއާ ގުރޫޕުން ގިނަ އަދަދެއްގެ ނޫސްވެރިން ބޭރުކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް އޮފީހުގެ މީޑިއާ ގުރޫޕުން ގިނަ އަދަދެއްގެ ނޫސްވެރިން ބޭރުކޮށްލައިފި

ރައީސް އޮފީހުން މީޑިއާތަަކަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސް އެޕް ގުރޫޕުން 34 ނޫސްވެރިންނަށް ވުރެ ގިނަ ނޫސްވެރިން ރެއާއި މިއަދު ބޭރުކޮށްލައިފިއެވެ.

އޮންލައިން ނޫސް އަދަދުގެ ނޫސްވެރިންގެ ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ނުވެއްދުމަށް ނިންމުމަށް ފަހު، ރައީސް އޮފީހުގެ މީޑިއާ ގުރޫޕްގައި ތިބި ނޫސްވެރިންގެ މައުލޫމާތު އަޕްޑޭޓް ކުރުމުގެ މަސައްކަތް އެއޮފީހުން ފެށިގެން އިޢުލާނުކުރިއެވެ. މިގޮތުން، ރައީސް އޮފީހުގެ މި ގްރޫޕަކީ ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ މީޑިއާތަކާއެކު މި އޮފީހުން މަޢުލޫމާތު ޙިއްސާކުރަން އުފައްދާފައިވާ ގުރޫޕެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެ ގްރޫޕުގައި ބޭތިއްބޭނީ ރަޖިސްޓްރީވެގެން ހިންގަމުންދާ މީޑިއާތަކުގެ މެނޭޖްމަންޓުން ހުއްދަ ލިބިގެން، އެ މީޑިއާތައް އެކަނިކަމުގައިވެސް ރައީސް އޮފީހުން، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި އެއޮފީހުން ލިޔުނު މެސެޖުގައި ބުނެފައި ވެއެވެ.

އެހެންވެ، ދިވެހިރާއްޖޭގައި ރަޖިސްޓްރީވެގެން ހިނގާ މީޑިއާތަކުގެ ތެރެއިން، ރައީސް އޮފީހުގެ މީޑިއާ ގްރޫޕްގައި ތިއްބެވި ކޮންމެ ބޭފުޅަކުވެސް މަސައްކަތްކުރައްވާ މީޑިއާ އެނގޭނޭހެން، އެގްރޫޕުގެ އެޑްމިންއަށް މެސެޖުކުރުމަށް، ހުކުރު ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ނޯޓިސް ދިނެވެ. ބެެލެވޭ ގޮތުގައި ގުރޫޕުން ބޭރުކޮށްލީ، ނޯޓިސްގެ މުއްދަތު ހަމަވި އިރު މައުލޫމާތު ނުފޮނުވައި ތިބި ފަރާތްތަކެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕަކީ، އެ ގުރޫޕްގައި ނޫސްވެރިންނަށް އެއްވެސް ސުވާލެއް ނުކުރެވޭ ގޮތަށް، އަދި ރައީސް އޮފީހުން ބޭނުންވާ މެސެޖުތައް އެކަނި ޕޯސްޓް ކުރެވޭ ގޮތަށް ހަދާފައިވާ ވަންވޭ ވަޓްސްއެޕް ގުރޫޕެކެވެ. އެގުރޫޕްގައި ނޫސްވެރިންނާއި މީޑިއާތަކުގައި އިސް މަޤާމުތަކުގައި މަސައްކަތް ކުރައްވާ އެކި ފަރާތްތައް ހިމެނޭގޮތަށް ޖުމުލަ 182 މީހުން ތިބެއެވެ. އޭގެތެރެއިން 34 ވުރެ ގިނަ ނޫސްވެރިން ވަނީ ރެއާ މިއަދު އެ ގުރޫޕުން ނެރެލާފައެވެ.

ރައީސް އޮފީހުގެ ވަޓްސްއެޕް މީޑިއާ ގުރޫޕުން ބޭރުކޮށްލި ނޫސްވެރިންގެ ތެރޭގައި، މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ، އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ޢަލީ ނަސީރާއި، ދައުރު ނޫހުގެ އެޑިޓަރ މޫސާ ލަޠީފާއި، މިހާރުގެ މޯލްޑިވްސް އެންޑް މީޑިއާ ރެގިއުލޭޝަން ކޮމިޝަންގެ މެމްބަރު ހުސައިން ސަޤީފް ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް