Post banner
ރާއްޖެ

އަދީބަށް މަޢާފުދިނުމަކީ، ޤާނޫނާއި ޚިލާފަށް ކުރިކަމެއް ނޫން: އިބޫ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަދީބަށް މަޢާފުދިނުމަކީ، ޤާނޫނާއި ޚިލާފަށް ކުރިކަމެއް ނޫން: އިބޫ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -- ފޮޓޯ: އެމްއެންޑީއެފް

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ހައްޔަރުކޮށް ޖަލަށްލި ކުރީގެ ނައިބު ރައީސް އަޙްމަދު ޢަދީބަށް، އަދަބު ލުއިކޮށްދީފައި ވަނީ، ޤާނޫނާއި އެއްގޮތަށް ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބޫ މިހެން ވިދާޅުވީ، ކުރީގެ ތިން ރައީސުން މިރޭ ބޭއްވި ތާރީޚީ މަޝްވަރާ ބައްދަލުވުމަށްފަހުގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އަދީބަށް މަޢާފު ދެއްވާފައި ވަނީ އެހެން ކުއްވެރިންނެކޭވެސް އެއްފަދައި، އަދަބު ލުއިކޮށްދެއްވުމާއި، މަޢާފްކޮށްދިނުމަށް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. ރައީސް އިބޫ ވިދާޅުވީ، އަދީބަށް މަޢާފްދީ އަދަބު ލުއިކޮށްދެއްވުނީ، އޭނާގެ މައްޗަށް ކުރެވުނު ޖިނާޢީ ހުކުމްތަކުގެ ބަޔަށް ކަމަށާއި އެހެން ނަމަވެސް، ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަދަނީ ބައި މިހާރުވެސް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި އެމައްސަލަތައް ކަމާއި ބެހޭ ފަރާތްތަކުގައި އޮންނާނެ ކަމަށާއި، އެމައްސަލަތައް މިހާރު ނުހިނގަނީ ކީއްވެތޯވެސް ރައީސް ޞާލިޙް ސުވާލު އުފެއްދެވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އަދީބަށް އަދަބުލުއިދިނުމަކީ، ޤާނޫނީ އިމުގެ ތެެރެއިން ކުރެއްވި ކަމެއް ނަމަވެސް، އެކަމާއި މެދު ރައްޔިތުން އެއީ ރަނގަޅު ކަމެއްކަމަށް ނުދެކޭނަމަ، އެކަމަށް މަޢާފަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބަށް އިއްވި ހުކުމްތަކުން އޭނާ މިނިވަންވެފައި ވާއިރު، އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް