Post banner
ރާއްޖެ

އަޅުގަނޑުމެންގެ ވެރިކަންތަކަކީ އެންމެ ރަނގަޅަށް ހިނގި ވެރިކަން ތަކެއް ނޫން: ތިން ރައީސުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަޅުގަނޑުމެންގެ ވެރިކަންތަކަކީ އެންމެ ރަނގަޅަށް ހިނގި ވެރިކަން ތަކެއް ނޫން: ތިން ރައީސުން

ކުރީގެ ތިން ރައީސުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ކުރީގެ ތިން ރައީސުން ކަމުގައިވާ، ރައީސް ނަޝީދާއި، ރައީސް ޔާމީނާއި، އަދި ރައީސް ޞާލިޙްގެ ވެރިކަމަކީވެސް އެންމެ ފުރިހަމައަށް ކުރެވުނު ވެރިކަންތަކެއް ނޫންކަމުގައި ޤަބޫލު ކުރައްވާ ކަމުގައި ކުރީގެ ތިން ރައީސުންވެސް ވިދާޅުވެއްޖެއެވެ.

ތިން ރައީސުންވެސް މިހެން ވިދާޅުވީ، މިރޭ ތިން ރައީސުން ބައްދަލުވެ ބޭއްވި ތާރީޚީ ބައްދަލުވުމަށްފަހުގައި، ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައިވެސް ގޯސްތަކެއް ހިނގައި ދިޔަކަމަށެވެ. ރައީސް ޔާމީނާއި ރައީސް ޞާލިޙްވެސް ވިދާޅުވީ ހަމަ އެގޮތަށެވެ. އެހެން ނަމަވެސް ތިން ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ނުކުމެ ވަޑައިގަތީ، މިވަގުތު ޤައުމަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ކުރީގެ ރައީސުންގެ ހައިސިއްޔަތުން ޤައުމަށްޓަކައި ނުކުންނަވަން ޖެހިވަޑައިގެންފި ކަމަށް ފެނިވަޑައިގަތުން ކަމުގައި، ތިން ރައީސުންވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ވެރިކަންތަކުގައި ގޯސްކޮށްކަމެއް ހިނގާފައި އޮތުމަކީ، މިހާރު ހިނގަމުން އަންނަ ގޯސްތައް ހުއްޓުވުމަށް މަސައްކަތް ނުކުރަންވީ ސަބަބެއް ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް