Post banner
ރާއްޖެ

ތިން ރައީސުން ބައްދަލު ކުރައްވައި ސަރުކާރަށް ހުށައެޅުންތަކެއް ހުށައަޅަން ނިންމަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތިން ރައީސުން ބައްދަލު ކުރައްވައި ސަރުކާރަށް ހުށައެޅުންތަކެއް ހުށައަޅަން ނިންމަވައިފި

ކުރީގެ ތިން ރައީސުން ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ބައްދަލުކުރައްވައި ސަރުކާރަށް ހުށައެޅުންތަކެއް ހުށައެޅުއްވުމަށް ނިންމަަވައިފިއެވެ.

މިބައްދަލުވުމުގައި ތިންބޭފުޅުން ވަނީ، އެކުގައި މަސައްކަތް ކުރައްވާނޭ، މައިގަނޑު ކަންތައްތަކެއް އެކުލަވާލައްވާފައެވެ. އެގޮތުން އެންމެ މުހިއްމު ކަމަކަށް މަޝްވަރާކުރައްވާފައި ވަނީ މީޑިއާގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން އަނބުރާ ހޯދުމަށެވެ. މިގޮތުން ތިން ރައީސުން އެއްބަސްވި ކަންކަމާއި ގުޅޭ ގުޅިފައިވާ ބަޔާން މިރޭ އާއްމު ކުރައްވާނެ ކަމުގައިވެސް ތިން ރައީސުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ތިން ރައީސުންގެ ފަރާތުން ޓީމުތައް އެކުލަވާލައި، ކުރިޔަށްދާނޭ ގޮތުގެ ޓައިމްލައިނަކާއި އަދި ކުރާނޭ މުހިއްމު ކަންކަން އެކުލަވާލައްވާނޭ ކަމުގައިވެސް ރައީސުންގެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.

މިރޭގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުންވެސް ވަނީ، މިހާރު ހައްޔަރުކޮށް ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައްވައި އަދި މިހާރު ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް