Post banner
ރާއްޖެ

މިއީ މަދަނީ މިންގަނޑުގެ ތެރެއިން ވެރިކަމަށް ކުރާ ޖަދަލެއް: ކުރީގެ ރައީސް ޔާމީން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިއީ މަދަނީ މިންގަނޑުގެ ތެރެއިން ވެރިކަމަށް ކުރާ ޖަދަލެއް: ކުރީގެ ރައީސް ޔާމީން

ކުރީގެ ތިން ރައީސުން ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ: މިހާރު

ކުރީގެ ތިން ރައީސުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ މަދަނީ މިންގަނޑުގެ ތެރެއިން ވެރިކަމަށް ކުރާ ޖަދަލެއްކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ކުރީގެ ތިން ރައީސުން ކަމުގައިވާ، ރައީސް ނަޝީދާއި، ރައީސް ޔާމީނާއި، އަދި ރައީސް ޞާލިޙް ބޭއްވި ތާރީޚީ ބައްދަލުވުމަށްފަހުގައި،  ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މީހާރުގެ ރައީސް ޑރ. މުޢިއްޒު ދައްކަވަމުންގެންދަވާ ވާހަކަފުޅުތައް އަމަލީސިފައެއްގައި ނުގެނެވިއްޖެނަމަ ދެން މުސްތަގުބަލުގައި ތިން ރައީސުން ހައްދަވާނެ ގޮތާއި މެދު ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ޔާމީން ޖަވާބުދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒު މިނިވަން މުއައްސަސާތައް ހިފަހައްޓާފައިވާ މި ދަނޑިވަޅުގައި ޕްރެޝަރކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވަނީ ރެފަރަންޑަމް ވޯޓުގައި ރައީސް މުޢިއްޒުއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަކީ ރައްޔިތުން ނަގަންޖެހޭ ވަރުގަދަ ފިލާވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި އިދިކޮޅުން ސަރުކާރަށް ޕްރެޝަރކުރާނަމަ ވެރިއަކަށް ހުންނަ މީހަކު ޖެހޭނީ އަޑުއައްސަވަން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ތިންބޭފުޅުން ވަނީ، އެކުގައި މަސައްކަތް ކުރައްވާނޭ، މައިގަނޑު ކަންތައްތަކެއް އެކުލަވާލައްވާފައެވެ. އެގޮތުން އެންމެ މުހިއްމު ކަމަކަށް މަޝްވަރާކުރައްވާފައި ވަނީ މީޑިއާގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން އަނބުރާ ހޯދުމަށެވެ. މިގޮތުން ތިން ރައީސުން އެއްބަސްވި ކަންކަމާއި ގުޅޭ ގުޅިފައިވާ ބަޔާން މިރޭ އާއްމު ކުރައްވާނެ ކަމުގައިވެސް ތިން ރައީސުން ވަނީ ވިދާޅުވެފައެވެ.

މިރޭގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުންވެސް ވަނީ، މިހާރު ހައްޔަރުކޮށް ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައްވައި އަދި މިހާރު ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް