ތިން ރައީސުންގެ ބައްދަލުވުމަށްފަހު ނެރުއްވި ނޫސްބަޔާން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް ނަޝީދާއި ރައީސް ޔާމީން އަދި ރައީސް ޞާލިޙް މަޝްވަރާގެ މޭޒުގައި -- ފޮޓޯ: އެމްޑީޕީ
"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްޤުތަކަށް ފާޅުގައި އަރައިގަނެ، ޝަރުޢީ ކޯޓުތަކަށް ނުފޫޒުފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލުމާއި، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްލުމާއި، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ދަށްވެ އިޤުތިޞާދު ހީނަރުވެ، ތަކެތީގެ އަގުތައް އެތައް ގުނައަކުން އުފުލި، ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައްކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދި، ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއި އެކު ބެލެހެއްޓޭ ކަމުގެ ޢިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެން ދިޔުމާއެކު، ޤައުމު ހަމަ މަގަށް އެޅުވުމަށް، އަޅުގަނޑުމެން 3 މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެބަސްވެފައެވެ. މިގޮތުން މިހާރުން މިހާރަށް ޖަލުގައި ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިންނާއި، އަދި އެކަމަށް އަޑުއުފުލުމާއި ގުޅިގެން ބަންދުކުރި ހުރިހާ ފަރާތްތަކެއް މިނިވަން ކުރުމަށާއި، ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީޢަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް