Post banner
ރާއްޖެ

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ތާށިވީ، ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވޭ: އެމްއެންޑީއެފް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިން ތާށިވީ، ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވޭ: އެމްއެންޑީއެފް

ޑައިވިނަށްދިޔަ މީހުން ގެއްލުނު ސަރަހައްދު ---

ވ.އަތޮޅު ފަރެއްގެ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިފައިވާއިރު، އަނެއް ހަތަރު މީހުން ތާށިވެފައި ވަނީ، 60 މީޓަރު ކަނޑުގެ އަޑިން ފަރުގައި ހުރި ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވޭ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މިހާދިސާގައި ގެއްލުނު އެންމެންނަކީވެސް އިޓަލީގެ ރައްޔިތުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ޑައިވަރުންގެ ތެރެއިން، އެކެއްގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހަޅައެއްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައި ވަނީ، މިއަދު 13:45 ހާއިރުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް