Post banner
ރާއްޖެ

ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދު ކުރުމުގެ އަމުރު އިސްތިއުނާފްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދު ކުރުމުގެ އަމުރު އިސްތިއުނާފްކޮށްފި

ކްރިމިނަލް ކޯޓު --

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުތަކެއް ރައްދުކޮށް، އަދަދު ނޫން އުފެއްދާ ޝާއިޢުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން، ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދު ކުރުމުގެ އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، އެމްޖޭއޭގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިޢުނާފަށް ހުށައަޅައިފިއެވެ.

އެމްޖޭ އޭއިން ބުނީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެޖަމިއްޔާ ތަމްސީލުކާރާނެ ޤާނޫނީ ވަކީލަކަށް ހަމަޖައްސާފައި ވަނީ އަލްއުސްތާޛު ޙަސަން ފަލާޙް ކަމަށެވެ. މައްސަލަ ރަޖިސްޓްރީވުމުން ލީގަލްޓީމުގައި ހިމެނޭ ގިނަ ވަކީލުންތަކެއް އެމައްސަލައިގައި އެމްޖޭއޭ ތަމްސީލްކުރުމަށް ގުޅިވަޑައިގަންނަވާނެ ކަމުގައިވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެއަމުރުގެ ސަބަބުން، އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްޚުލްވާން ބޭނުންވާ އެންމެހާ ފަރާތްތަކުން އެމައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އެދޭ ކަމުގައި އެމްޖޭ އޭއިން ވަނީބުނެފައެވެ.

އެމްޖޭއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ޑޮކިއުމެންޓްރީގެ ވާހަކަތައް ނުދައްކަން އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރަކީ، ޤާނޫނު އަސާސީގެ، 27،28 އަދި 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ހަނިވާގޮތަށް ނެރެފައިވާ އަމުރެކެވެ.

އެ އަމުރާ ހިލާފުވެ ކޯޓު ޙުރުމަތް ކެނޑިކަމަށް ކަނޑައަޅައި، ކްރިމިނަލްކޯޓުން ވަނީ، ޢަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ، ޝަހުޒާން އާއި ލީވާން ޖަލަށްލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް