Post banner
ރާއްޖެ

ޑައިވިނަށް ފޭބި އިޓަލީގެ 5 ފަތުރުވެރިންމަރުވެފައި ވަނިކޮށް ފެނިއްޖެކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑައިވިނަށް ފޭބި އިޓަލީގެ 5 ފަތުރުވެރިންމަރުވެފައި ވަނިކޮށް ފެނިއްޖެކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން

ފުލުހުންގެ އިދާރާ

ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން މަރުވެފައި ވަނިކޮށް ފެނިއްޖެ ކަމުގައި އެންމެ ފުރަތަމަ ހާމަކުރެވުނީ، މައުލޫމާތު ލިބުމުގައި އެރި އޮޅުމަކުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14 ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. އެމީހުން ހޯދުމަށް ކުރި މަސައްކަތުން، މިހާތަނަށް ފެނުނީ އެންމެ މީހެއް ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަދް ދަނީ ކުރަމުންނެވެ.

“މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުންންނެވެ. ފެނިފައި ވަނީ އެކަކެވެ. އެހެންމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.” ފުލުންގެ އިދާރާއިން މީޑިއާއަށް ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.

ފުލުހުންދަނީ މިމައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް