Post banner
ރާއްޖެ

ނާޒިމް ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނާޒިމް ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް --

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، އެ ޤަރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައި ވާތީ، އެ މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ވަކިކުރުމަށްޓަކައި ޕީއެންސީއަށް ނިސްބަތްވާ 40 ވުރެ ގިނަ މެމްބަރުން ވަނީ ސޮައިކޮށްފައެވެ. އިއްޔެ ވަނީ، ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުންވެސް ނާޒިމް ބޭރުކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވަކިކުރުމަށް ނިންމާފައި ވަނީ، އެެ މެމްބަރާއި މެދު ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ގެއްލިފައިވާތީ ކަމުގައި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް