Post banner
ރާއްޖެ

ގެއްލުނު ޑައިވަރުންގެ ތެރޭގައި ޕްރޮފެސަރަކާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު ޑައިވަރުންގެ ތެރޭގައި  ޕްރޮފެސަރަކާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ

ޔުނިވަސިޓީ އޮފް ގެނޯވާގެ ޕްރޮފެސަރ އަދި މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފެލްކޯން )51އ( ---

މިއަދު ވ އަލިމަތާ ފަރުގެ 60 މީޓަރު އަޑީގައި ހުންނަ ހޮހަޅައަކަށް ޑައިވްކުރި 5 މީހުން ގެއްލުނު ހާދިސާގައި، އިޓަލީގެ ޔުނިވަސިޓީ އޮފް ގެނޯވާގެ ޕްރޮފެސަރަކާއި އޭނާގެ އަންހެން ދަރިފުޅު ހިމެނޭ ކަމުގައި އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިޓަލީގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި، ޔުނިވަސިޓީ އޮފް ގެނޯވާގެ ޕްރޮފެސަރ އަދި މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފެލްކޯން (51އ) އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮއްމަކަލް (20އ) ހިމެނެއެވެ. ދެން އެމީހުންނާއި އެކު އެޑައިވްފައި ބައިވެރިވި އަނެއް ތިން މީހުންނަކީ، މޮނިކާ އާއި އެކު ޔުނިވަސިޓީގައި މަސައްކަތް ކުރި މުވައްޒަަފުން ކަމުގައިވެސް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.

މޮނިކާއަކީ، މެރިން ބަޔޮލޮޖީގެ ދާއިރާއިން ދިރާސާކުރައްވާ ޕްރޮފެސަރެއްގެ އިތުރުން ޓީވީ ޕްރެޒެންޓަރެއް ކަމުގައިވެސް އިޓަލީގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައެވެ.

އެމީހުން ތިބި ސަފާރީއަކީ، ޑިއުކް އޮފް ޔޯކް ނަމަކަށް ކިޔާ ސަފާރީއެކެވެ. މިސަފާރިއަކީ ބޭރުގެ ބަޔަކު އޮޕަރޭޓް ކުރާ ސަފާރީއެކެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އޭނާގެ ހަށިގަނޑުވެސް ފެނިފައި ވަނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅައިގެ ތެރެއިން ކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަނެއް 4 މީހުންގެ ވެސް ތާށިވެފައި ވަނީ 60 މީޓަރު އަޑީގައި ހުރި 200 ފޫޓަށްވުރެ ދިގު އެ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވޭ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެހިސާބަށް ޑައިވްކޮށްގެން މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނަކީވެސް ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށެެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް