މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ ދިގު ބަންދުގެ މުއްދަތެއް ޖެހީ ލޫކަސްއަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުން ޝަމްޢޫން ޖަލީލު، ލޫކަސް ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ: ސޯޝަލްމީޑިއާ
ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި، ރޭ މާލޭ ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، ހައްޔަރު ކުރި 10 މީހުގެ ތެރެއިން 7 މީހުން ދޫކޮށްލައިފިއެވެ.
ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކަށް މިއަދު ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހައިދީފައެވެ. މިގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ ދިގު ބަންދުގެ މުއްދަތެއް ޖަހާފައި ވަނީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޝަމްޢޫން ޖަލީލު (ލޫކަސް) އަށެވެ. އެނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ. މީގެ އިތުރުން ހައްޔަރުކުރި މީހުންގެ ތެރެއިން ޢަލީ ޖުމާންގެ ބަންދަށް 5 ދުވަސް އަދި ޢަބްދުﷲ ޝަރީފަށް 3 ދުވަސް ވަނީ ޖަހާފައެވެ.
ރޭ މުޒާހަރާއިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ވަނީ؛
1- މުނާޒް ޢަލީ
2- ޝުޖާޢު އަފީފު
3- ޢަލީ މުޝައްފަޢު
4- އައި މިނަތު މުނާ
5- އަޙްމަދު ރަމީޒް
6- އައިމިނާ މަނިކެ
7- އަޙްމަދު ޝަފީޤު
ރޭ މާލޭގައި ފެށި މުޒާހަރާތަކަކީ، ދެނޫސްވެރިއަކު ޖަލަށްލުމާއި ގުޅިގެން ފެށި މުޒާހަރާތަކެކެވެ. ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި، މިމަހުގެ 12 ވަނަ ދުވަހު ކުރި މިނަލް ކޯޓުން ވަނީ، ޢަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ، ޝަހްޒާނާއި، ލީވާން ޖަލަށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް