ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ގޮވާލައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ތިން ރައީސުން ބޭއްވެވި ތާރީޚީ ބައްދަލުވުމަށްފަހުގައި ނެރުއްވި ބަޔާން
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް އަރައިގަނެ، ނޫސްވެރިންގެ މައްޗަށް ހިންގަމުންގެންދާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.
ކުރީގެ ތިން ރައީސުން މިކަމަށް ގޮވާލެއްވީ، އެ ތިން ބޭފުޅުން ބޭއްވެވި ތާރީޚީ ބައްދަލުވުމަށްފަހުގައި ނެރުއްވި ބަޔާނެއްގައެވެ.
އެގޮތުން މިހާރުން މިހާރަށް ޖަލުގައި ނުހައްގުން ބަންދުކޮށްފައިވާ ނޫސްވެރިންނާއި އެކަމަށް އަޑުއުފުލުމާ ގުޅިގެން ބަންދުކުރި ހުރިހާ ފަރާތެއް މިނިވަންކުރުމަށް ތިން ރައީސުންގެ ސޮއި ހިމެނޭ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓު ހުރުމަތް ކެނޑިކަމަށް ނިންމައި، އަދަދު ނޫހުގެ ދެ ނޫސްވެރިންކަމުގައިވާ، ޝަޙްޒާނާއި ލީވާން ޖަލަށް ލާފައި ވަނީ، މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދެނޫސްވެރިން މިނިވަން ކުރުމަށް، ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ދަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް