ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

އެސްޖޭ މިސްކިތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ

އެސްޖޭ މިސްކިތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ

އެމިނިސްޓްރީން މިއަދު ވަނީ ސޯޝަލް މީޑިއާގައި އެމިސްކިތުގެ މަސައްކަތްތައް ކުރިޔަށްގޮސްފައިވާ ހިސާބު ހާމަކުރުމުގެ ގޮތުން، ފޮޓޯތަކާއި އެކު ޕޯސްޓެއް ޙިއްސާކޮށްފައެވެ. އެޕޯސްޓްގައި އެމިނިސްޓްރީން ވިދާޅުވެފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް )03( ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައި ކަމަށެވެ. އެހެން ނަމަވެސް މިސްކިތް ނިމި އާއްމުންނަށް ބޭނުން ކުރެވޭނެ ދުވަހެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާ
ކަރަންޓްގެ ކުޑަބިލަށްފަހު އިންތިހާއަށް ބޮޑު ބިލެއް. ޝަކުވާ ބޮޑުވެއްޖެ

ކަރަންޓްގެ ކުޑަބިލަށްފަހު އިންތިހާއަށް ބޮޑު ބިލެއް. ޝަކުވާ ބޮޑުވެއްޖެ

އަތޮޅުތަކުގައި ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކުންފުނިން، މިހާރު ގޭބިސީތަކަށް ކަރަންޓް ބިލްތައް ފޮނުވަމުން އަންނައިރު، ބިލްތައް ސޯޝަލް މީޑިއާގައި ޙިއްޞާކޮށް އާއްމުކޮށް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި ފެނަކަ އޮފީސްތަކުގެ ކުރިމަތީގައި މުޒާހަރާކުރާނެ ކަންވެސް ވަނީ އިޢުލާނުކޮށްފައެވެ.

އިތުރަށް ކިޔާ
ވޭވަށު ސްކޫލުގެ ކަރަންޓް މައްސަލަ ހައްލު ނުވުމުން ދަރިވަރުން ކިޔަވަން ފޮނުވުން ހުއްޓާލައިފި

ވޭވަށު ސްކޫލުގެ ކަރަންޓް މައްސަލަ ހައްލު ނުވުމުން ދަރިވަރުން ކިޔަވަން ފޮނުވުން ހުއްޓާލައިފި

ވޭވަށު ކައުންސިލްގެ ރައީސް މަމްދޫޙް ވަހީދު ވިދާޅުވީ، ވޭވަށު ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުނުވެ 4 އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ސްކޫލުގެ ކަރަންޓް މައްސަލަ ދިމާވެގެން އުޅެނީ، ފެނަކައިގެ ސަބަބުން ނޫން ކަމަށާއި، އެއީ އެ ސްކޫލުގެ ކަރަންޓް ވަޔަރިން ބާވެ، ބްރޭކަރުތައް ނުހިފަހައްޓާ މައްސަލައެއް ކަމަށާއި އެކަން ހައްލުކޮށްދެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
މަސް ހިފަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ޒުވާނަކު ނިޔާވެއްޖެ

މަސް ހިފަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ޒުވާނަކު ނިޔާވެއްޖެ

ފުލުުހުންގެ އިދާރާއިން ވިދާޅުވީ، ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2026 އޭޕްރީލް 21 ވަނަ ދުވަހުގެ 15:42 އެހައިކަންހާއިރު ކަމަށެވެ.'

އިތުރަށް ކިޔާ
މަޖިލީހުގެ މުހިއްމު ކޮމިޓީތަކުން ވަކިކޮށް ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުންވެސް ވަކިކުރަނީ

މަޖިލީހުގެ މުހިއްމު ކޮމިޓީތަކުން ވަކިކޮށް ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުންވެސް ވަކިކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ، މާލިއްޔަތު ކޮމިޓީގެ މެމްބަރު ކަމުންނާއި، އަދި ޤައުމީ ސަލާމަތާއި ބެހޭ ޚިދުމަތްތަކުގެ ކޮމިޓީ )241 ކޮމިޓީ( އިން ނާޒިމް ވަކިކޮށް އެހެން ކޮމިޓީތަކަށް ވަނީ ބަދަލުކޮށްފައެވެ. މަޖިލީހުގެ އެންމެ ބާރުގަދަ އަދި އެންމެ މުހިއްމު ދެ ކޮމިޓީއަކީ މިއީއެވެ.

އިތުރަށް ކިޔާ
ބޭންކް ލޯނާއި ފެސިލީޓީތައް ދޫކުރާ އުމުރުން 75 އަހަރަށް މަތިކޮށްފި

ބޭންކް ލޯނާއި ފެސިލީޓީތައް ދޫކުރާ އުމުރުން 75 އަހަރަށް މަތިކޮށްފި

ޝަރީފް ވިދާޅުވީ، އެނިންމުން ނިންމާފައި ވަނީ އިއްޔެ ބޭންކުގެ ބޯޑުން ކަމަށެވެ. މިއާައި އެކުގައި، ގެދޮރުގަތުމާއި އެހެނިހެން ވިޔަފާރި ބޭނުމަށް ލޯނާއި ފެސިލިޓީތައް ހޯދުމަށް، ފަސޭހަވެގެންދާނެކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި ރިކްޓަރ މިންގަނޑުން 7.4ގެ ބާރުމިނުގައި މިބިންހެލުން އައިސްފައި ވަނީ، ރާއްޖޭގަޑިން މިއަދު މެންދުރު 12:52 ގައެވެ. ބިންހެލުމުގެ މަރުކަޒު ހުރީ، ހޮންޝުއާގެ އިރުމަތީ އައްސޭރިފަށުން ކަނޑުގެ 6 މޭލު ފުނުގައެވެ.

އިތުރަށް ކިޔާ
ވަޒީފާދޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ވަޒީފާދޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނުގަވައިދުން ނުވަތަ ޤަވާއިދާއި ޚިލާފަށް މީހަކަށް ވަޒީފާއެއްދީފައި ވާނަމަ އެމީހަކު ވަކިކުރަންވެސް ވާނީ ދަންނަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
މި ވެރިކަމުގައި ޖަލަށްލީ އެއްވެސް ސިޔާސީ ލީޑަރެއް ނުހުންނާނެ: ރައީސް

މި ވެރިކަމުގައި ޖަލަށްލީ އެއްވެސް ސިޔާސީ ލީޑަރެއް ނުހުންނާނެ: ރައީސް

ރައީސް ވިދާޅުވީ މިއަދާހަމައަށް ފުލުހުންގެ އިދާރާއަށް ސިޔާސީ މީހަކަށް ވެގެން ގެންގޮސްފައިވާ ވަކި މީހަކު ނުހުންނާނެ ކަމަށެވެ. އެމަނިކުފާނު ވަނީ ކުރީ ވެރިކަންތަކުގައި ސިޔާސީ ލީޑަރުން ޖަލުގައި ތިއްބަވަންޖެހޭކަމަށް ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާ
ތެޔޮވިއްކުމުގައި މަސްވެރިންގެ މެދުގައި ތަފާތު ނުކުރަން ގޮވާލައިފި

ތެޔޮވިއްކުމުގައި މަސްވެރިންގެ މެދުގައި ތަފާތު ނުކުރަން ގޮވާލައިފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުން އަގުހެޔޮކޮށް ވިއްކާތެޔޮ ވިއްކަމުން އަންނަނީ ކަންނެލި އޮޑިފަހަރާއި، ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އޮޑިފަހަރަށް ދެ އަގެއްގައެވެ. ބޮޑު ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރަށް ތެޔޮވިއްކަނީ އަގު ބޮޑުކޮށެވެ. މިގޮތުން ކަންނެލި މަސްވެރިންނަށް. ޑީސަލް ލީޓަރެއް ވިއްކަނީ 19.32ރ އެވެ. މިއަގުގައި ތެޔޮވިއްކަނީ ހުޅުމާލެ އެފްއެސްއެމް ޖެޓީ އިންނާއި، ކ. ހިންމަފުށިންނެވެ.

އިތުރަށް ކިޔާ
ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ސޯބެއަށް

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ސޯބެއަށް

ސޯބެ އެ ގޮނޑިއަށް ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވި ހިސާބުންފެށިގެންވެސް އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންނާއި އާއްމު މެމްބަރުންވެސް ގެންދަނީ ސޯބެއަށް ތާޢީދުކުރާކަން ހާމަކުރަމުންނެވެ.

އިތުރަށް ކިޔާ
އާއްމުންގެ ވޯޓަކާއި ނުލައި ރައީސް ނަޝީދަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމު ލިބޭނެ މަގެއްކޮށަން ހުށައަޅައިފިި

އާއްމުންގެ ވޯޓަކާއި ނުލައި ރައީސް ނަޝީދަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމު ލިބޭނެ މަގެއްކޮށަން ހުށައަޅައިފިި

ނޫސްވެރިންގެ މިބައްދަލުވުމުގައި، ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު ވާދަކުރެއްވުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި، އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ ޗެއާޕާސަންގެ މަޤާމަށް އެމަނިކުފާނު ވާދަކުރައްވާނެކަންވެސް އިޢުލާނު ކުރައްވާފައެވެ.

އިތުރަށް ކިޔާ
ވަގަށް ނެގި 4 މިލިއަންގެ ތެރެއިން ހޯދުނީ ބައިލައްކަ ރުފިޔާ

ވަގަށް ނެގި 4 މިލިއަންގެ ތެރެއިން ހޯދުނީ ބައިލައްކަ ރުފިޔާ

ވައްކަމުގެ އެމައްސަލަ އާއި ގުޅިގެން މިހާތަނަށް 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ޖަމާއަތްހަދައިގެން ކޮށްފައިވާ އެވައްކަމާއި ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، ހދ.ނޮޅިވަރަންފަރު / ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު )47އ( ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުިވެފައި ވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލައިފި

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 16 އަހަރަށް ޖަލަށްލައިފި

މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް )47އ( 16 އަހަރަށް ޖަލަށް ޙުކުމްކޮށްފައި ވަނީ، މިދިޔަ ބުދަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ )ގާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

އިތުރަށް ކިޔާ
މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުން ބާރުގެ ބޭނުންކޮށްގެން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި މައިމޫނުގެ ނިއްކުރިމަތިން މަށައިގެންގޮސް ވަނީ ޒަޚަމްވެފައެވެ. އެމްޑީޕީން ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތައް ކޮންމެ ރެޔަކުވެސް ފަށަނީ، ޗާނދަނީ މަގުގައި ހުންނަ އެޕާޓީގެ ދަނޑިކޮށި ޖަހައިންނެވެ، މިރޭވެސް އެތަނުން ފެށި މުޒާާހަރާގައި، މުޒާހަރާގެ ބައިވެރިން ޗާނދަނީ މަގުން އުތުރަށްދާން މަސައްކަތް ކުރުމުން، ފުލުހުން ވަނީ ސްކޫޕާއި ހަމައިން މަގުބަންދުކޮށް މުޒާހަރާގެ ބައިވެރިން ކުރިޔަށް ދިޔަނުދީ ހުރަސް އަޅާފައެވެ.

އިތުރަށް ކިޔާ
ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރުކަމަށެވެ.

އިތުރަށް ކިޔާ