ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ހޮސްޕިޓަލް --
ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ކަމަށް، ޑަބުލިޔުއެޗްއޯއިން ކަނޑައަޅާފައިވާ، ބަލި، ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
އަވަށްޓެރި ޤައުމުތަކުގައި ވަރަށް ބޮޑަށް މިބަލި ފެތުރެމުން އަންނައިރު، ރާއްޖެއިންވެސް މިހާރު އަންނަނީ މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގައިވެސް ރާއްޖެއިން ވަނީ، މިބަލި ޖެހުނު 2 މީހަކު ފެނިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަަދަދު މިވަނީ 11 އަށް މަތިވެފައެވެ. އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައި ވަނީ މިނިމުނު މެއިމަހުގެ ތެރޭގައެވެ.
ރާއްޖޭގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި މިބަލި ފެތުރެމުން އަންނާތީ، ޚާއްޞަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، ކޮންމެހެން ދާންޖެހިގެން ނޫނީ، ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަށް ހޮސްޕިޓަލްތަކުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް