ސިންގަޕޫރު ދަތުރުފުޅު ނިންމަވާލައްވާފައި ރައީސް މާލެވަޑައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، މިދަތުރުފުޅުގެ އިތުރު މައުލޫމާތެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި މިދަތުރުފުޅަކީ، އެމަނިކުފާނު، ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، އެޤައުމަށް ކުރެއްވި 6 ވަނަ ދަތުރުފުޅެވެ. އޭގެ ތެރޭގައި ހިމެނެނީ، ރަސްމީ އެންމެ ދަތުރުފުޅެކެވެ. އަނެއް 5 ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅު ތަކެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކުގެ ހުރިހާ ޚަރަދެއް ކުރައްވަނީ އެމަނިކުފާނު އަމިއްލަފުޅަށެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންނެވީ، މިނިމުނު ހަފްތާގެ އާދީއްތަ ދުވަހުގައެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ، 7 ދުވަހުގެ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް