Post banner
ރާއްޖެ

މާލެ ކައިރިން ލޯންޗެއް އެކްސިޑެންޓްވެ ދެމީހަކަށް އަނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލެ ކައިރިން ލޯންޗެއް އެކްސިޑެންޓްވެ ދެމީހަކަށް އަނިޔާވެއްޖެ

އެކްސިޑެންޓްވި ލޯންޗު --

ރޭ ފަތިހު މާލެ ކައިރިން ލޯންޗެއް އެކްސިޑެންޓްވެ ދެމީހަކަށް އަނިޔާވެއްޖެއެވެ.

މެރިން ޕޮލިސް އިން ހާމަކުރައްވާފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ، އެކްސިޑެންޓްވި ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއަކަށެވެ.

މިހާދިސާގައި އެކްސިޑެންޓްވެފައި ވަނީ ޓުއާގާޑް ނަމަކަށް ކިޔާ ލޯންޗެކެވެ. މިއެކްސިޑެންޓްވީ، ރޭ ފަތިހު 5:15 ހާއިރުގައި މާލެ ކައިރިންނެވެ. އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި މިލޯންޗަކީ، ގިލިލަންކަންފުށި ރިޒޯޓަށް ދަތުރުކުރި ލޯންޗެކެވެ.

މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

Uploaded image

މިހާދިސާގައި ޓުއާގާޑް ލޯންޗް އެކްސިޑެންޓްވި ގޮތެއް ސާފެއް ނުވެއެވެ. އެ ލޯންޗު ޖެހުނީ އެހެން އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދެއްގައި ކަމެއް ނުވަތަ އަޅާފައި އޮތް ބޯޓެއްގައި ކަމެއް ސާފެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން މިހާރު ދަނީ މިއެކްސިޑެންޓް ހިނގި ގޮތް ބަލަމުން ކަމުގައި، އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް