Post banner
ރާއްޖެ

ނައިބު ރައީސް ހޮވުމުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނައިބު ރައީސް ހޮވުމުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލިސް ---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް މެމްބަރަކު ހޮވުމަށްޓަކައި މިއަދު 1:00ގައި ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ކެންސަލްކޮށްފިއެވެ.

ޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޖަލްސާ މާދަމާއަށް ބަދަލުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މިއަދު 1:00ގައި ޖަލްސާ އޮންނާނެ ކަމުގައި އިޢުލާނުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދުގެ ދެވަނަ ޖަލްސާ ކެންސަލްކޮށްފައިވާކަން، މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެމްބަރުންނަށް އަންގާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، މާދަމާ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

Uploaded image

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހުސްވީ، އެމަޤާމުގައި ހުންނެވި، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމަށް ޤަރާރު ހުށައަޅައި، މިއަދުގެ ޖަލްސާގައި އެމައްސަލަކުރިޔަށް ގެންދަން ނިންމާފައި ވަނިކޮށް، ޖަލްސާ ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ނާޒިމް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް، ޕީއެންސީގެ 4 މެމްބަރަކު ޝައުޤުވެރިކަންފާޅު ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް