މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން ނާޒިމް އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނާޒިމް މަޤާމުން އިސްތިއުފާ ދެއްވައި، ބަޔާނެއް ނެރުއްވީ، އޭނާ މަޤާމުން ވަކިކުރުމަށްޓަކައި، ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ބައިގަޑިއިރަށް ވުރެވެސް ވަގުތު ކުޑަތަންވި ފަހުންނެވެ.
ނާޒިމްގެ ބަޔާނުގައިވަނީ، އޭނާ މަޤާމުން ވަކިކުރުމުގެ ޤަރާރުގައި، އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވީ، އެއީ ދިމިޤުރާތީ ހަމަތަކުގެ މަތީން އެންމެ ތަހުޒީބީ ގޮތްކަމުގައި ދެކެވަޑައިގަންނަވާތީ ކަމުގައިވެސް ވިދާޅުވެފައި ވެއެވެ. ނާޒިމްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް، އޭނާ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަޤާމުން ވަކިކުރުމަށް ހުށައަޅާފައި ވަނީ، އޭނާ ނިސްބަތްވާ ސަރުކާރު ހިންގާޕާޓީގެ 40ވުރެ ގިނަ މެމްބަރުން ސޮއިކުރައްވައެވެ.
ނާޒިމް މަޤާމުން އިސްތިއުފާ ދެއްވީ، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅަކުން ކަމުގައި ވަނީ ހާމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް