Post banner
ރާއްޖެ

ހުޅުމާލެ ނިރޮޅު މަގުގައި ސައިކަލަކާއި ތެޔޮބައުޒަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ނިރޮޅު މަގުގައި ސައިކަލަކާއި ތެޔޮބައުޒަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓްވި ސަރަހައްދު --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ނިރޮޅުމަގުން، ހަތްތަރިމާޓު ކައިރީ ހަތަރުއަނގޮޅީގައި ޖީއެން ސައިކަލަކާއި، ޕެޓްރޯލް އުފުލާ ބައުޒަރެއް ޖެހި، ހިނގި އެކްސިޑެންޓްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓް ހިނގާފައި ވަނީ މިރޭގެ، 22:21 ހާއިރުގައި ކަމަށެވެ. އަދި އެކްސިޑެންޓްގައި ޒަޚަމްވީ، ސައިކަލު ދުއްވި އުމުރުން 30 އަހަރުގެ ދިވެހި ޒުވާނާއެވެ.

މަންޒަރުދުށް މީހުން ކިޔައިދިން ގޮތުގައި، ނިރޮޅުމަގުން ދެކުނަށް ދިޔަ ބައުޒަރާއި، ނިރޮޅުމަގުން އުތުރަށް ފޭސް 2 އާއި ދިމާއަށް އައި ސައިކަލު ޖެހުނު އިރު ސައިކަލު ދުއްވާފައި ދިޔައީ ވަރަށް ބާރަށެވެ. އަދި ސައިކަލުގައި އިން ޒުވާނާގެ ބޯޖެހުނީ، ބައުޒަރުގެ ބޭރަށް ހުރި. ލޯގަނޑާއި ދަގަނޑުގައި ކަމަށާއި، ސައިކަލާއި އެކު އެޒުވާނާ ކަފިހި ހުރަސް މައްޗަށް ވެއްޓި ޖެހުނުލެއް ބާރުކަމުން އޭނާގެ ބޯވެސް ވަރަށް ބޮޑަށް ފަޅައިގެން ދިޔަ ކަމަށް މަންޒަރު ދުށްމީހުން ބުނެފައިވެއެވެ.

އެޒުވާނާ ވެއްޓުނުތަނުގައި ގިނަ އަދަދަކަށް ލޭތައް ފައިބާފައި އޮތެވެ.

ފުލުހުން އަންނަނީ މިއެކްސިޑެންޓްގެ މައްސަލަ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް