މުލީގައި ކަރަންޓް މައްސަލަ ބޮޑުވެ ކޮންމެ ޒޯނަކަށް 30 މިނިޓަށް ކަރަންޓް ދެނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މުލި ---
މ. އަތޮޅުގެ ވެރިކަން ކުރާ މުލީގެ ޖަނަރޭޓަރު ތަކަށް މައްސަލަތައް ދިމާވެ، ކޮންމެ ޒޯނަކަށް 30 މިނިޓަށް ކަރަންޓްދޭން ފަށައިފިއެވެ.
މުލީ ފެނަކަ ބުރާންޗުން ރައްޔިތުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ، މިރޭ ކޮންމެ ޒޯނަކަށް 30 މިނިޓަށް ކަރަންޓްދޭން ޖެހުނީ، އެ އިންޖީނު ގޭގައި ބޭނުން ކުރާ އެންމެ ބޮޑު ޖަނަރޭޓަރަށް މައްސަލަ ދިމާވެގެން ކަމަށެވެ. މިގޮތުން އެޖަނަރޭޓަރު ސްޓާޓް ނުވެގެން އުޅޭ ކަމަށް މެންދުރު ފެނަކަ މުލީ ބުރާންޗުން ވަނީ ބުނެފައެެވެ.
މިއަދު މެންދުރުން ފެށިގެން މުލިން ކަރަންޓް ކެނޑެމުންދާއިރު، މިރޭ އެރަށަށް ދަތުރުކުރަން އޮތް މޯލްޑިވިއަންގެ ފްލައިޓްވެސް، އެއާޕޯޓުން ކަރަންޓް ކެނޑޭތީ ކެންސަލްވެފައިވާ ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
މުލީ ފެނަކަ ބުރާންޗުން ބުނެފައިވަނީ، ދިމާވި މައްސަލަ ހައްލުކޮށް މުޅިރަށަށް ކަރަންޓް ދެވޭނެ ކަމަށް ބެލެވެނީ މިރޭގެ 12:00 ގަ ކަމަށެވެ.
މުއްޔަކީ ސަރަހައްދީ ރީޖަނަލް ހޮސްޕިޓަލްވެސް ހުންނަ ރަށެވެ. އެހޮސްޕިޓަލުގައި ހޮސްޕިޓަލަށް ވަކިން ކަރަންޓް ދިނުމަށް ބެކަޕް ޖަނަރޭޓަރު ބަހައްޓާފައި ހުރެއެވެ.
މުލީގައި ކަރަންޓް ދިނުމަށް މިހާރު ބޭނުން ކުރަމުން އަންނަނީ، 500 ކިލޯވޮޓް އާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. މުލީގައި ކަރަންޓްގެ މައްސަލަ ދިމާވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް