ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

ޒިޔާދުގެ ރައްދެއް ގާސިމްއަށް: 18 މިލިއަން ޑޮލަރަކީ ދެތިން ހަތަރު މިސްކިތް އެޅޭނެ ފައިސާ

ޒިޔާދުގެ ރައްދެއް ގާސިމްއަށް: 18 މިލިއަން ޑޮލަރަކީ ދެތިން ހަތަރު މިސްކިތް އެޅޭނެ ފައިސާ

ޒިޔާދު މިހެން ވިދާޅުވީ، ދައުލަތުގެ ބަޖެޓުގައި މިސްކިތްތައް ބިނާކުރުމަށް ފައިސާގެ ތަނަވަސްކަން ނެތްކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވުމުންނެވެ. މެންބަރު ފާހަގަކުރެއްވީ ދައުލަތް ބޮޑުތަނުން ދަރާފައި އޮތްއިރު، އެއްވެސް ކަމެއް ނުކުރާ އެއާޕޯޓެއް ދައުލަތަށް ނެގުމުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު ވިލާ ކުންފުންޏަށް ދިނުމެވެ.

އިތުރަށް ކިޔާ
ދިގު ވާހަކަ: ހިތާމައިގެ ރާނީ (6)

ދިގު ވާހަކަ: ހިތާމައިގެ ރާނީ (6)

އެއަޑު އިވިފައި އެތެރެ ގޭތެރޭގެ އެނދުގައި ދެލޯމެރިމެރި އޮތް ކަތްދަގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކަންފަތް ދިޔައީ ކޮޅަށް ޖެހިގެންނެވެ. އޭނާގެ ނިދި ކުއްލިއަކަށް ގެއްލިއްޖެއެވެ. މީހާ ހުއްޓުން އަރައިފިއެވެ. އެކަމަކު އެކަމެއް ބޭރު ގޭތެރޭގައި ތިބި މީހުންނަކަށް ނޭނގެއެވެ.

އިތުރަށް ކިޔާ
ދެ އިންތިޚާބު އެއްކުރުމުގެ ބޭނުމަކީ ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިކުރުން: މެމްބަރު ޣަފޫރު

ދެ އިންތިޚާބު އެއްކުރުމުގެ ބޭނުމަކީ ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިކުރުން: މެމްބަރު ޣަފޫރު

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޣަފޫރު ވިދާޅުވީ، ގޯސްކޮށް ޤާނޫނު އަސާސީއާއި ކުޅުމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ދައުރުތައް ކުރުކޮށް ދިގު ކުރުމަކީ )ސަރުކާރަށް އެކަމުގެ( އެއްވެސް މަންފާއެއް އޮތްކަމެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އިތުރަށް ކިޔާ
ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލް ފާސްކޮށްފި

ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލް ފާސްކޮށްފި

ބިލަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ ތެރެއިން، 72 މެމްބަރުން ވޯޓު ދެއްވާފައި ވަނީ ބިލް ފާސްކުރަން ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. މިބިލަށް ވޯޓަށް އަހާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 4 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމަށްފަހުގައި، މަޖިލީހުގެ ޖަލްސާ އަލުން ފަށައި ކުރިޔަށް ގެންގޮސްގެނެވެ.

އިތުރަށް ކިޔާ
ދެން އިންތިޚާބު އެއްކޮށް ބާއްވަން ހުށައަޅާފައިވާ ބިލަށް 11 ޖަހާއިރު ވޯޓަށް އަހަނީ

ދެން އިންތިޚާބު އެއްކޮށް ބާއްވަން ހުށައަޅާފައިވާ ބިލަށް 11 ޖަހާއިރު ވޯޓަށް އަހަނީ

އެބިލަށް މިއަދު 11 ޖަހާއިރު ވޯޓަށް އަހާނެކަން އިޢުލާނު ކުރެއްވީ، މަޖިލިސް މެދު ކަނޑާލުމަށްފަހު، އަލުން މަޖިލީހުގެ ޖަލްސާ ފެށިއިރު، ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ.

އިތުރަށް ކިޔާ
މަޖިލިސްގެ ތަޅުން ހޫނުވެ ބައެއް މެމްބަރުންގެ ނަން އިއްވައި ޖަލްސާ މެދުކަނޑާލައިފި

މަޖިލިސްގެ ތަޅުން ހޫނުވެ ބައެއް މެމްބަރުންގެ ނަން އިއްވައި ޖަލްސާ މެދުކަނޑާލައިފި

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި މަޖިލީހުގެ ތަޅުން ހޫނުވީ، ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމާއި އެކުގައެވެ. އެބިލަކީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ތަމްސީލް ކުރައްވާ، ޕީއެންސީގެ ޕާލަމެންޓްެެރީ ގުރޫޕްގެ ލީޑަރ އިބްރާހީމް ފަލާޙެވެ.

އިތުރަށް ކިޔާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތައް ނީލަމުގައި ވިއްކާ ސަބަބު ސާފުކޮށްދީފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހުއިފިލަނޑާތައް ނީލަމުގައި ވިއްކާ ސަބަބު ސާފުކޮށްދީފި

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައި ވާކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުނު ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ފަލަސްތީނުގެ އެތައް ހާސް އަސީރުން މަރާލަން އިޒްރޭލުން ތައްޔާރުވަނީ

ފަލަސްތީނުގެ އެތައް ހާސް އަސީރުން މަރާލަން އިޒްރޭލުން ތައްޔާރުވަނީ

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 12000 ވުރެ ގިނަ އެކި އުމުރުގެ އަސީރުން އެބަތިއްބެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ، ފަލަސްޠީނުގެ މިނިވަކަމަށް ކުރަމުން އައި ކަންކަމުގެ ސަބަބުން ހައްޔަރުކޮށް ޖަލަށްލާފައިވާ މީހުންނެވެ.

އިތުރަށް ކިޔާ
އެޕްސްޓީންއަށް ހަދިޔާގެ ގޮތުގައި ފޮނުވާފައި ވަނީ ކިސްވާގައި ހިމެނޭ ކައުބާގެ ދޮރުކޮޅުގެ ފަރުދާ

އެޕްސްޓީންއަށް ހަދިޔާގެ ގޮތުގައި ފޮނުވާފައި ވަނީ ކިސްވާގައި ހިމެނޭ ކައުބާގެ ދޮރުކޮޅުގެ ފަރުދާ

ޔޫއޭއީގެ މިލިޔަނަރެއް ކަމުގައިވާ ޢަޒީޒާ އަލް އަޙްމަދީ އެޕްސްޓީންއަށް ފޮނުވައިދީފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ، ކައުބާގެ ކިސްވާފައި ހިމެނޭ، ގެފުޅުގެ ދޮރުކޮޅުގެ ފަރުދާ ފެންނަ ފޮޓޯ މިހާރު ދަނީ ދައުރުވަމުންނެވެ. އޭނާ މެދުވެރިވެގެން އެޕްސްޓީންއަށް ފޮނުވާފައިވާ ތަކެތީގެ ތެރޭގައި ކައުބާއިން ނަގާފައިވާ ކިސްވާގެ ބަޔަކާއި، އަދި ކައުބާގައި ބޭނުން ނުކުރާ ކިސްވާގެ ބައެއްގެ އިތުރުން، ކައުބާގެ އެތެރޭގައި ބޭނުންކޮށްފައިވާ ފަރުދާގެ ބައެއްވެސް ހިމެނެއެވެ.

އިތުރަށް ކިޔާ
ކުރިޔަށް އޮތް 4 ދުވަހު ވައި ނުސާފު ވާނެ

ކުރިޔަށް އޮތް 4 ދުވަހު ވައި ނުސާފު ވާނެ

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެފައިވާ މިންވަރު ހުރީ އާއްމު ސިއްޙަތަށް ނުރައްކާތެރި ދަރަޖައެއްގައި ކަމަށެވެ. އެހެންކަމުން ކަނޑުމަތީގައި އުޅޭ ފަރާތްތަކާއި ގެއިން ބޭރުގައި ގިިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަމާލުކަން ދިނުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ޒީނާ

ކުރުވާހަކަ: ޒީނާ

އޭނާއަށް ފެންނަމުން ދިޔައީ ވަށައިގެންވާ ހުރިހާ މަންޒަރެއްވެސް ހުއްޓިފައިވާތީއެވެ. އެތައް އިރެއްފަހުން ޒީނާ ހިނގައިގަތެވެ. އަމިއްލަ ނަފުސާއި މެދު ހިތާމަކުރަމުންނެވެ. ލިބުނު އެންމެ ފަހުގެ ފުރުސަތުގެ ބޭނުންވެސް ނުކުރެވި، ފާފަތަކާއި އެކު އަދި މައާފް ނުލިބުނު ހާލުގައި ކަލާނގެ ހަޟުރަތަށް އޭނާވެސް އެނބުރިދާންޖެހޭނެ ކަމުގެ ހިތާމަކުރަމުންނެވެ.

އިތުރަށް ކިޔާ
ޑީއެންއޭ ލެބޯޓްރީގެ ހިދުމަތް ފަށައިފި

ޑީއެންއޭ ލެބޯޓްރީގެ ހިދުމަތް ފަށައިފި

މިއަދު ފެށުނު މިޚިދުމަތާއި ގުޅޭ ގޮތުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މިއީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ޑޏާ ޓެސްޓިންގ ޚިދުމަތް ފެށުނު ފަހަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާ
ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި

ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން އިއްޔެ ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ2500 އަށް ވެލާނާ އެއާޕޯޓުން ވޯޓާ ސެލިއުޓެއް އެރުވިކަމަށެވެ. އަދި އެ އެއާލައިނުން ރާއްޖެ އައި 174 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމުގައިވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ސަރުކާރު ޕާޓީގެ ކެންޑިޑޭޓުންގެ ޕޯސްޓަރަކަށް ގެއްލުންދީފި

ސަރުކާރު ޕާޓީގެ ކެންޑިޑޭޓުންގެ ޕޯސްޓަރަކަށް ގެއްލުންދީފި

އެ ޕޯސްޓަރަށް ގެއްލުން ދީފައި ހުއްޓައި ފެނިފައި ވަނީ މިއަދުއެވެ. އެޕޯސްޓަރަކީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ދަނޑިމަގު ދާއިރާއިން ފުވައްމުަލަކު ސިޓީ ކައުންސިލަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުހޯދުމުގެ ގޮތުން ހަރުކޮށްފައި ހުރި ބޮޑު ޕޯސްޓަރެކެވެ.

އިތުރަށް ކިޔާ
މާލޭ ގްރޭންޑްގެ ލިފްޓެއް ހަލާކުވެފައި ހުންނަތާ މަހެއްވެއްޖެ

މާލޭ ގްރޭންޑްގެ ލިފްޓެއް ހަލާކުވެފައި ހުންނަތާ މަހެއްވެއްޖެ

މާލޭ ޢަރަބިއްޔާ ކޮށީގައި ޢިމާރާތްކޮށްފައިވާ މާލޭ ގްރޭންޑްގެ 10 ބުރީގެ ޢިމާރާތުގައި 90 ފްލެޓް ހުރެއެވެ. އެތަނުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިރު އެއް ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން އޮފީސް ގަޑިތަކާއި ސްކޫލުތަކަށް ކުދިން ދާންޖެހޭ ގަޑިތަކުގައި، ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކާއި ކުރިމަތިވަމުން ދެއެވެ.

އިތުރަށް ކިޔާ
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް،  ހަތަރު މީހުންގެ ހާލު ސީރިއަސް

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ހަތަރު މީހުންގެ ހާލު ސީރިއަސް

އެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަން އޮންނަ ލޭނުގައި، މަޑުކޮށްފައި އޮތް ކާރެއްގައި ފަހަތުން އައި އެހެން ކާރެއް ޖެހިގެންނެވެ. މިއެކްސިޑެންޓް ހިނގި ވަގުތު ހައިވޭއިން އެއްކޮޅަށް ދަތުރުކުރި 4 ސައިކަލެއްގައިވެސް އެކްސިޑެންޓްވި ކާރުން ޖެހުނެވެ.

އިތުރަށް ކިޔާ
އައިންމަތީ ދޫނިތަކަކަށް ބިދޭސީން އަނިޔާ ކުރާ ވީޑިއޯއެއް

އައިންމަތީ ދޫނިތަކަކަށް ބިދޭސީން އަނިޔާ ކުރާ ވީޑިއޯއެއް

މިދިޔަ ހަފްތާގައި މިވީޑިއޯ ޕޯސްޓްކޮށްފައި ވަނީ، އެމްޑީ ނާސިރު ނަމަކަށް ކިޔާ، ބިދޭސީ މީހެއްގެ ޓިކްޓޮކް އެކައުންޓުގައެވެ. އޭނާގެ އެކައުންޓް ބަލާލުމުން އޭނައަކީވެސް ރާއްޖޭގެ މަސްދޯންޏެއްގައި މަސައްކަތް ކުރާ މީހެއްކަން ހާމަވާ ފޮޓޯތައް ފެންނަން ހުއްޓެވެ.

އިތުރަށް ކިޔާ
ހައިކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރައްވައިފި

ހައިކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ޢައްޔަނުކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިއްޔެ ޢައްޔަނުކުރައްވާފައި ވަނީ، މއ.ވޭސައިޑް 410 ފްލެޓް، އަލްއުސްތާޛު ޢަބްދުލްރައޫފު އިބްރާހީމް އާއި ހުޅުމާލެ ފްލެޓް ނަންބަރު 01ޖީ-101، އަލްއުސްތާޛު އިސްމާޢީލް ޝަފީޢުއެވެ. އެ ދެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. އަދި އެދެބޭފުޅުން މަޤާމުގެ ހުވާ ކުރައްވާފައި ވަނީ، އިއްޔެ އެވެ.

އިތުރަށް ކިޔާ
މިސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ފުނޑާލުން: ޑރ ޝަމްހީދު

މިސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ފުނޑާލުން: ޑރ ޝަމްހީދު

ޑރ ޝަމްހީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު )އެމްޕީއެލް( އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް ވަނުމާއި ގުޅިގެން އެކަމާއިމެދު ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓުގައެވެ.

އިތުރަށް ކިޔާ