ރާއްޖެ

އަލިފާނުގެ ހާދިސާގައި އެކަކަށް އަނިޔާވި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާގައި އެކަކަށް އަނިޔާވި

އަލިފާނުގެ ހާދިސާގައި ދޯނި އަޑިޔަށް ދިޔުމުގެ ކުރިން --- ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައިއޮތް ޑައިވިންގ ދޯނެޏެއްގައި އަލިފާން ރޯވެ އަނދައިގެން ދިޔަ ހާދިސާގައި، އެކަކަށް އަނިޔާވެފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ،

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އެކެއްގެ ފައި ފިހިގެން އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާގެ އިތުރުން އެހެން މީހަކަށް އަނިޔާއެއް ވެފައި ނަުވާ ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގި އިރު، ޑައިވިންގ ދޯނީގައި ތިބި މީހުން ވަނީ ދޯނި ކައިރީގައި އޮތް ސަފާރީއަށް އަރާފައި ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ މައުލޫމާތު، އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު 13:30 ހާއިރުގައި ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 15:30 ހާއިރު ދޯނި ވަނީ އަޑިއަށް ގޮސްފައިވާ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް