ދުނިޔެ

ސައޫދީގެ ޕްރިންސް ސުލްޠާން އެއާބޭސް ކައިރިއަށް މިސައިލެއް ވެއްޓިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސައޫދީގެ ޕްރިންސް ސުލްޠާން އެއާބޭސް ކައިރިއަށް މިސައިލެއް ވެއްޓިއްޖެ

ޕްރިންސް ސުލްޠާން އެއާބޭސް --

ސަޢޫދީ އަރަބިއްޔާގައި އޮންނަ ޕްރިންސް ސުލްޠާން އެއާބޭސްއަށް ކައިރިއަށް މިސައިލެއް ވެއްޓިއްޖެ ކަމުގައި ސަޢޫދީ އަރަބިއްޔާއިން ބުނެފިއެވެ.

ސަޢޫދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، މިސައިލު ވެއްޓިފައި ވަނީ، ޕްރިންސް ސުލްޠާން އެއާބޭސް އާއި ކަރީގައިވާ ހުސްބިމަކަށެވެ. އެހެންވެ އެހަމަލާގައި އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުމެއްވެފައި ނުވާކަމުގައި، ސަޢޫދީ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ޕްރިންސް ސުލްޠާން އެއާބޭސް އޮންނަނީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގެ އިރުދެކުނު ސަރަހައްދުގައެވެ. އެއާބޭސްއަށް ހަމަލާއެއް އަމާޒުކޮށްފައި މިވަނީ، އީރާނުން އަވައްޓެރި ޤައުމުތަކަށް ހަމަލާދިނުން ހުއްޓާލިކަން އިޢުލާނުކޮށްފައި ވަނިކޮށެވެ. އެހެން ނަމަވެސް ބެލެސްޓިލް މިސައިލުގެ މިހަމަލާއަކީ އީރާނުން ދިން ހަމަލާއެއް ކަމެއް ނުވަތަ އެހެން ހަނގުރާމަވެރި ޖަމާޢަތަކުން ދިން ހަމަލާއެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް