މުވައްޒަފުން ސަލާމް ބުނުން އިއްޔެ ފާހަގަކޮށްލެވޭ ވަރަށް މަދު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސަރުކާރު މުވައްޒަފުން މަސައްކަތުގައި ---
ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން، ރަމަޟާން މަހުގެ ފަހު 10ގެ ބަންދު ފެށޭއިރު، އެކި ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް މިއަހަރު ހާޟިރީ އެލަވަންސް ނުދޭ ގޮތަށް ނިންމައި އުސޫލަށް ގެނައި ބަދަލުގެ ސަބަބުން އިއްޔެ އޮފީހަށް ސަލާމް ބުނުން މަދުވެފައިވާ ކަމުގައި ބައެއް އޮފީސްތަކުން މައުލޫމާތު ދެއްވައިފިއެވެ.
ސިވިލްސަރވިސްގައި ހިމެނޭ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން، އިއްޔެ އެއްވެސް ޗުއްޓީއެެއްގައި ހުރި މުވައްޒަފަކަށް ރަމަޟާން މަހުގެ ފަހު 10ގައި ހާޟިރީ އެލަވަންސް ނުދޭ ގޮތަށް ހަމަޖައްސައި، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ވަނީ ބަދަލު ގެނެސްފައެވެ. އެހެން ނަމަވެސް ސިވިލްސަރވިސްގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން އެކި މަސައްކަތްތަކުގައި ފަހު 10ގެ ދުވަސްތަކުގައި ޑިއުޓީތަކަށް ނުކުންނަން ޖެހޭ ފަހު 10ގައި ނުކުތް ދުވަސްތަކަށް މުަވައްޒަފުންނަށް ހާޟިރީ އެލަވަންސް ލިބޭނެއެވެ.
ސަރުކާރުގެ ތިން އޮފީހެއްގެ ހިއުމަން ރިސޯސްގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، އެ އޮފީސްތަކުގައި އާދީއްތަ ދުވަހު އެއްވެސް މުވައްޒަފަކު ސަލާމް ބުނެފައެއް ނެތެވެ. އޭގެ ސަބަބަކީ، އާދީއްތަ ދުވަހު ނުނުކުންނަ މުވައްޒަފުންނަށް ފަހު 10ގެ ހާޟިރީ އެލަވަންސް އެއްކޮށް ކެނޑިގެންދާތީ ކަންވެސް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް