ރާއްޖެ

ފާޑުކިޔަން ފެށުމުން މިސްކިތްތަޅާލުމާއި މެދު މަޝްވަރާކުރަން ބޭނުންވާކަމަށް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފާޑުކިޔަން ފެށުމުން މިސްކިތްތަޅާލުމާއި މެދު މަޝްވަރާކުރަން ބޭނުންވާކަމަށް ވިދާޅުވެއްޖެ

ރޯދައިގެ ފަހުން ބަންޑާރަ މިސްކިތްތަޅާލަން ނިންމާފައިވާ ކަން ހާމަކުރެއްވުމާއި، ގުޅިގެން ސޯޝަލްމީޑިއާގައި ރައްދުދީ އާއްމުންނާއި ޒުވާބު ކުރެއްވުމަށް ފަހުގައި އެމިސްކިތް ތަޅާލުމުގެ ކުރިން މަޝްވަރާކުރައްވާނެ ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ،

ބަންޑާރަ މިސްކިތްތަޅާލައި އައު މިސްކިތެއް އިމާރަތްކުރަން އުޅޭ ކަން ޢިއުލާނު ކުރުމާއި އެކު އެކަން އެގޮތަށް ނުކުރެއްވުމަށް، ސޯޝަލްމީޑިއާގައި އެންމެ ގިނައިން ވާހަކަދެއްކެވީ، ކުރިން ހެރިޓޭޖް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ނާޖިހްއެވެ.

މިނިސްޓަރ ޝަހީމް ވަނީ، އެމަނިކުފާނުގެ ނިންމުން ދިފާޢު ކުރެއްވުމުގެ ގޮތުން، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޖަދަލުކުރައްވާފައެވެ. އަދި އެކަމާއި މެދު ތާރީޚާއި ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންތަކެއް އަޑުއުފުއްލަވަން ފެއްޓެވުމުން އެންމެ ފަހުން މިނިސްޓަރ ވަނީ އެމިސްކިތާއި މެދު މަޝްވަރާ ކުރެއްވުމަށް ބޭނުންވާ ކަމުގައި ވިދާޅުވެފައެވެ.

މިސްކިތް ތަޅާލުމަށް ނިންމިކަން އިއުލާނު ކުރުމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން ފަހުން މިނިސްޓަރ ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފައި ކަމަށާއި. އައު މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުންވާ ކަމަށެވެ.

މިނިސްޓަރ ޑރ. ޝަހީމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން، ސޯޝަލް މީޑިއާގައި އާއްމުންނާއި އެންމެ ގިނައި ޖަދަލުކުރައްވާ ވަޒީރުކަން ފާހަގަވެފައި ވެއެވެ. މީގެ ކުރިން ޒަކާތުފަންޑުގެ އެހީ އާއި ގުޅޭ މައްސަލައެއްގައިވެސް ޖަދަލު ކުރައްވައި، ދިވެހި ރައްޔިތެއް ޒާތީ މައުލޫމާތު ތަކެއް މިނިސްޓަރ ޝަހީމް ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް