އިޒްރާއީލުން މިއަދު އެކަނިވެސް ލުބުނާނުގެ 45 މީހުން ޝަހީދުކޮށްލި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހައްދުފަހަނަ އެޅި ޔަހޫދީ ދައުލަތް އިޒްރާއީލުން، ލުބުނާނަށް ދިން ހަމަލާތަކުގައި މިއަދު އެކަނިވެސް 45 މީހުން ޝަހީދުކޮށްލާފައިވާ ކަމުގައި ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ލުބުނާނުގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުން ވަނީ، ލުބުނާނުގެ 170 ވުރެ ގިނަ ތަނަށް ބޮންއަޅާފައެވެ.
މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިޒްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 339 މީހުން މަރުވެފައި ވާއިރު، 117އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ލުބުނާނުގެ ހިޒްބުﷲ ހަނގުރާމަވެރިންވެސް އިޒްރާއީލާއި ދެކޮޅަށް ހަމަލާތައް ދެމުން އަންނައިރު، އެއްގަމު މަގުން ލުބުނާނަށް ވަތް އިޒްރޭލު ސިފައިންގެ ދެމީހަކު މިއަދުގެ ހަމަލާތަކުގައި ޒަޚަމްކޮށްލާފައިވާ ކަމުގައި އިޒްރާއީލުންވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް