ރާއްޖެ

"ވޯކް އެންޑް ޓޯކް" ހަރަކާތެއް ފުލުހުން ކުރިޔަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

 "ވޯކް އެންޑް ޓޯކް" ހަރަކާތެއް ފުލުހުން ކުރިޔަށް ގެންގޮސްފި

ފުލުހުން މިއަދު ކުރިޔަށް ގެންދިޔަ "ވޯކް އެންޑް ޓޯކް" ހަރަކާތުގެ ތެރެއިން --- ފޮޓޯ: ފުލުހުން

"ވޯކް އެންޑް ޓޯކް"ގެ ނަމުގައި ފުލުހުން މުޅި ރާއްޖޭގައި މިއަދު ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ،

މާލެ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މިހަރަކާތުގައި، ހޯމް މިނިސްޓަރ ޢަލީ ޢިހްސާނާއި، ފުލުހުންގެ އިދާރާ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑަިއގެން ހުންނެވި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީވެސް ބައިވެރިވެވަޑައިގެންނެވި ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއަދު މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ފުލުހުންގެ އިދާރާގެ އިސްވެރިންނާއި، އާއްމު ފުލުހުންގެ ތެރެއިން ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި ކަމަށެވެ. ފުލުހުން ޤާއިމްވެ ތިބޭ ހުރިހާ ރަށެއް މިހަރަކާތް ކުރިޔަށް ގެންދިޔައިރު، ފުލުހުން ވަނީ އާއްމު ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކައި، އެކަންކަމުަގައި ރައްޔިތުންނާއި މަޝްވަރާކޮށްފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މީގެ ކުރިންވެސް މިފަދަ ހަރަކާތްތައް ފުލުހުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް